
-
ގދ. ފަރެސްމާތޮޑާ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

ފަރެސްމާތޮޑާގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައިސުލްޖުމްހުރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި ފަރެސްމާތޮޑާ ދާއިރާގެ މަޖްލިސް މެންބަރު އަޝްރަފު ރަޝީދާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިސްމާޢިލް ހަމީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ، މުޙައްމަދު ޖަމްޝީދް އަދި ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަޙްމަދު އިމްތިޔާޒުއާއި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ، 11.25 ކިލޯމީޓަރުގެ 36 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.އަދި މި މަގުތަކުގައި ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި ސަރވިސް ލައިން އެޅުމާއި ޕޭވްމަންޓް ހެދުމާއި، ދުއްވާ ސަރަހައްދެއް ޤާއިމުކުރުމާއ،ި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައި އެވެ.
މި މަޝްރޫޢަކީ 255.21 މިލިއަން ރުފިޔާއަށް 1140 ދުވަސްތެރޭ ނިންމުމަށް މިކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
ގުޅުންހުރި

ފަރެސްމާތޮޑާ މަގު ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ފަށައިފި

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ޢަމަލީ މަސައްކަތް ފަށައިފި

މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢޫގެ އަމަލީ މަސައްކަތް ފަށައިފި

.gif&w=3840&q=75)



