logoEN
PNC TOP 3
ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ޢަމަލީ މަސައްކަތް ފަށައިފި

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ގެ ޢަމަލީ މަސައްކަތް ފަށައިފި

އަހުމަދު ޝުރާއު

logo

3/29/2026, 1:30:29 AM

# އެމްޓީސީސީ

-

ހއ. ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

PNC MID 2

އިއްޔެ އެރަށުގައު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުالله ރާފިޢު އެވެ.

މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ ޢިއްޒަތްތެރި މަޖްލިސް މެންބަރު އަބްދުލް ލަތީފު މުޙައްމަދާއި އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީ އަދި ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަބްދުالله ރަޝީދުއާއި މުޢައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން ، ދިއްދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކޮށް ޕިޗު ހަދައި ބައުންޑަރީ ފާރު ޢިމާރާތްކޮށް ފެންސް ޖަހައި ލައިޓިންގް ސިސްޓަމް ހަރުކޮށް އަދި ރޮސްޓްރަމް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.

މިއީ 28.50 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC