logoEN
PNC TOP 3
އުތީމާއި މަޑުއްވަރީގެ ތަރައްޤީގެ މަޝްރޫއުތަކެއް އެމްޓީސީސީއާއި ހަވާލުކޮށްފި

އުތީމާއި މަޑުއްވަރީގެ ތަރައްޤީގެ މަޝްރޫއުތަކެއް އެމްޓީސީސީއާއި ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

3/26/2026, 3:57:34 PM

# އެމްޓީސީސީ

-

ހއ އުތީމާއި ރ މަޑުއްވަރީގެ ބައެއް މަޝްރޫއުތައް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

PNC MID 2

ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކުރީ ރ. މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ހއ. އުތީމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އަޙްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފް އެވެ.

ރ. މަޑުއްވަރީ އުތުރު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ދަށުން 11,609 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި މިހާރު ހުރި އެއްގަމުތޮށީގެ 308 މީޓަރުގެ ސަރަހައްދެއް ރޫޅާލުމާއި 308 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 184 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1550 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫޢަކީ 45.78 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ހއ. އުތީމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު 61,870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 409 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 417 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 81 މީޓަރުގެ ސަރަ ހައްދެއްގައި ގްރޮއިން ޖެހުމާއި 1703 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫޢަކީ 88.63 މިލިއަން ރުފިޔާއަށް 510 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC