logoEN
cocacola
އިނގިރޭސިވިލާތުން ކޮވިޑްގެ އޯމައިކްރޯން ސަބްވޭރިއަންޓެއް ފެނިއްޖެ

އިނގިރޭސިވިލާތުން ކޮވިޑްގެ އޯމައިކްރޯން ސަބްވޭރިއަންޓެއް ފެނިއްޖެ

އަހުމަދު ޝުރާއު

logo

9/15/2022, 11:11:29 PM

# ކޮވިޑް-19# އިނގިރޭސިވިލާތް

Covid_variant_1200x768

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދުނިޔެ އަރައިގަތުމާއި ގާތަށް ޖެހިފައިވަނިކޮށް އާ ސަބްވޭރިއަންޓެއް އުޅޭ ކަމުގެ ރިޕޯޓްތައް އިނގިރޭސިވިލާތުން ދަނީ ފެންމަތިވަމުންނެވެ.

ގޮސިޔާ

އޯމައިކްރޯންގެ އާ ސަބްވޭރިއަންޓަށް ބީއޭ.4.6 ގެ ނަމުން ނަންދީފައިވާ އިރު، މި އަހަރުގެ އޮގަސްޓް މަހު އިނގިރޭސިވިލާތުން ވަނީ މި ވޭރިއެންޓްގެ ކޭސްއެއް ފެނިފައެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން މި ތަފްސީލުތައް ހާމަކޮށްފައިވަނީ، އިންގްލެންޑްގައި ތަހުގީގު ކުރަމުންދާ ވޭރިއަންޓްތަކުގެ ކުރު ޚުލާސާއެއް ގައެވެ.

އެ ޖަމްޢިއްޔާއިން ތަފްޞީލުކޮށް ދީފައިވާ ގޮތުގައި މި މިއުޓޭޝަން އަކީ އޭ.ބީ.5 އާއި އަޅާބަލާއިރު ވަރަށް ކުޑަ ކުޑަ ގްރޯތް އެޑްވާންޓޭޖެކެވެ. އޮގަސްޓް މަހުގެ ތިންވަނަ ހަފްތާގައި %3.1 ސާމްޕަލްގައި އާ ވައްތަރެއްހުރިކަން އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ކޮންވަޒޭޝަންގައި ވާ ރިޕޯޓެއްގައި ވާގޮތުން އިނީޝިއަލް އެނަލިސިސް އިން ހާމަވެފައިވާ ގޮތުގައި ބީއޭ4.6 އަކީ ވައިރަސްގެ ސަތަހައިގައި ހުންނަ ޕްރޮޓީން އެއް ކަމަށްވާ ސްޕައިކް ޕްރޮޓީން އަށް މިއުޓޭޝަން އުފުލާ، އޭގެ ސަބަބުން އަހަރެމެންގެ ސެލްތަކަށް ވަނުމުގެ ފުރުސަތު ލިބޭ ޕްރޮޓީން އެކެވެ. މިއުޓޭޝަން، R346T އަކީ އެހެން ވޭރިއަންޓްތަކުން ވެސް ފެންނަ އަދި އިމިއުން ވަގަށް ނެގުމާ ގުޅިފައިވާ މިއުޓޭޝަންއެއް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އޭގެ މާނައަކީ ވެކްސިން ދިނުމާއި ކުރިން އިންފެކްޝަން ގެ ސަބަބުން ހޯދި އެންޓިބޮޑީސްތަކުން ސަލާމަތްވުމަށް ވައިރަސް އަށް އެހީތެރިވެދޭ ކަމެވެ.

މި ވޭރިއަންޓްގެ ކޭސްތަކާއި ގުޅޭ އިތުރު ތަފްސީލެއް އަދި މިހާތަނަށް ހާމަކޮށްފައި ނުވިނަމަވެސް މި ވޭރިއެންޓް މިހާރު ކޮންމެވެސް ވަރަކަށް ފެތުރެމުންދާކަމަށް ބެލެވޭ ކަމަށް ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ