
ހޫތީންގެ ހަމަލާ އަމާޒުވި ކާގޯ ބޯޓު
މިދިޔަ ފެބުރުއަރީ މަހު ރަތް ކަނޑުގައި ހޫތީން ހަމަލާދިން އިނގިރޭސިވިލާތަށް ނިސްބަތްވާ މުދާ އުފުލާ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޔަމަނުގެ ސަރުކާރުން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ, މިދިޔަ މަހު ހަމަލާދިން ރޫބީމާރު ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓު އަޑިއަށް ގޮސްފައިވަނީ ރަތް ކަނޑުގެ ދެކުނަށް ކަމަށެވެ.
މިއީ މިދިޔަ ނޮވެމްބަރު މަހު ހޫތީ ހަނގުރާމަވެރިން ރަތްކަނޑުން ދަތުރުކުރާ ޔަހޫދީ އުޅަނދުތަކާއި ޔަހޫދީންނަށް ވާގިވެރިވާ އުޅަނދުތަކަށް ހަމަލާދޭން ފެށި ފަހުން މިހާ ބޮޑު ގެއްލުމެއް ލިބުނު ފުރަތަމަ ބޯޓެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން މީގެ ކުރިން ބުނެފައި ވަނީ އެ ބޯޓަށް ހަމަލާ ދިން އިރު އެ ބޯޓުގައި 41،000 ޓަނަށްވުރެ ގިނަ ފާޓިލައިޒަރ ހުރި ކަމަށެވެ.
ގުޅުންހުރި

ސްޕިރިޓް އެއާލައިންސްގެ ހުރިހާ ފްލައިޓެއް ކެންސަލްކޮށް އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލުމުގެ މަސައްކަތް ފަށައިފި

އަދަދު ނޫހުގެ އޮފީސް ރެއިޑްކުރުމުން އިނގިރޭސިވިލާތުގެ ސަފީރު ކޮންބޮޑުވުން ފާޅުކުރައްވައިފި

ޓްރަމްޕު ބައިވެރިވި ހަފްލާއެއްގައި ބަޑިޖަހައިފި




