logoEN
cocacola
އެމެރިކާއާއި އިނގިރޭސިވިލާތުގެ ދެ އުޅަނދަކަށް ޙޫޘީން ޙަމަލާދީފި

އެމެރިކާއާއި އިނގިރޭސިވިލާތުގެ ދެ އުޅަނދަކަށް ޙޫޘީން ޙަމަލާދީފި

އައިޝަތު އިފާޝާ

logo

2/8/2024, 1:00:39 AM

# އެމެރިކާ# އިނގިރޭސިވިލާތް

ހޫތީން ހަމަލާދިން ކަމަށް ބުނާ ބޯޓެއް

ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރަމުންދިޔަ އެމެރިކާއާއި އިނގިރޭސިވިލާތުގެ ދެ އުޅަނދަކަށް ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ޙަމަލާތަކެއް ދީފިއެވެ.

ގޮސިޔާ

އެ ދެ އުޅަނދަށް މިސައިލް ޙަމަލާތަކެއް އަމާޒުކޮށްފައި ވަނީ ޔަމަނުގެ އަލް-ޙުދައިދާގެ އައްސޭރިފަށުން ދަތުރު ކުރަމުން ދަނިކޮށެވެ. އެ ދެ އުޅަނދު ކައިރީގައި ޙޫޘީންގެ ކުޑަ އުޅަނދެއް ޙަރަކާތްތެރިވެފައިވާ ކަމުގައި އެމެރިކާގެ އަސްކަރިއްޔާއިން ބުނެއެވެ.ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ އެއް އުޅަނދަކީ މޯނިން ޓައިޑް ކިޔާ އާގުބޯޓެކެވެ. ބާބޭޑޯސްގެ ދިދައިގެ ދަށުން ދަތުރު ކުރާ އެ އުޅަނދަކީ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ދުއްވާ އުޅަނދެކެވެ. ޙޫޘީންގެ ދެވަނަ ޙަމަލާ އަމާޒު ކޮށްފައިވާ ސްޓާ ނާސިޔާއަކީ މާޝަލް އައިލެންޑްސްގެ ދިދަ ޖަހައިގެން ދަތުރު ކުރާ އުޅަނދެކެވެ. އެއީ އެމެރިކާގެ ކުންފުންޏަކުން ދުއްވާ އުޅަނދެކެވެ.ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް ޙޫޘީން ޙަމަލާދޭން ފަށާފައި ވަނީ ހުސްވި އަހަރުގެ ނޮވެންބަރު މަހުއެވެ. އެއީ އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެން ދެމުންދާ ޙަމަލާތަކެކެވެ. ޙޫޘީންގެ ޙަމަލާތަކުގެ ބޭނުމަކީ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ބާރު އެޅުމެވެ. ނަމަވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ ޙޫޘީންގެ ޙަމަލާތައް ހުއްޓުވުމުގެ ނަމުގައި ޔަމަނަށް ބޮން އަޅަން ފަށާފައެވެ.ޔަމަނުގައިވާ ޙޫޘީންގެ އަމާޒުތަކަށް އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ވައިގެ ޙަމަލާތައް ދޭން ފެށުމުން ޙޫޘީން ވެސް ވަނީ ރައްދުގައި އެ ދެ ޤައުމުގެ އަސްކަރީ މަނަވަރުތަކުގެ އިތުރުން އެ ޤައުމުތަކާ ގުޅުން އޮންނަ އާގުބޯޓުފަހަރަށް ޙަމަލާ ދޭން ފަށާފައެވެ. މޯނިން ޓައިޑް އަދި ސްޓާ ނާސިޔާއަށް ޙަމަލާދީފައިވާ ސަބަބަކީ އެއީއެވެ.ކަނޑުމަތީގެ ސަލާމަތާ ބެހޭ ޚިދުމަތްތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ އެމްބްރީން ބުނީ ޙޫޘީންގެ ޙަމަލާގައި މޯނިން ޓައިޑަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. ނަމަވެސް އެ ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމަށާއި އުޅަނދަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމުގައި އެ ކުންފުނިން ބުންޏެވެ. އަދި އުޅަނދު ރައްކާތެރިކަމާ އެކު އޭގެ މަންޒިލަށް ދަތުރު ކުރަމުންދާ ކަމުގައި ވެސް އެ ކުންފުނިން ބުންޏެވެ.ޙޫޘީން ރަތް ކަނޑުގައި ހިންގަމުންދާ އަސްކަރީ ޙަރަކާތުގެ ސަބަބުން އެ ސަރަޙައްދުން މުދާ އުފުލުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކަނޑުމަގުން މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ކުންފުނިތަކުން ވަނީ ރަތް ކަނޑު ހުރަސްކޮށް ކުރާ ދަތުރުތައް މެދުކަނޑައިލާފައެވެ. އަދި އޭގެ ބަދަލުގައި ވިލާތާއި އޭޝިޔާގެ ޤައުމުތަކުގެ ދެމެދުގައި ދަތުރު ކުރާ ގިނަ އުޅަނދުފަހަރު ދަތުރުކުރަނީ އެފްރިކާ ބައްރުގެ ދެކުނު ތަނޑި ވަށައިލާފައެވެ. އެއީ ދިގު އަދި ޚަރަދު ބޮޑު ދަތުރެކެވެ.ފެބުރުވަރީ 5 ވަނަ ދުވަހު ޙޫޘީން ވަނީ އެމެރިކާގެ އަސްކަރީ މަނަވަރަކަށް ޙަމަލާ ދޭން ވެސް މަސައްކަތް ކޮށްފައެވެ. މަނަވަރަށް ޙަމަލާ ދޭން ޙޫޘީން ބޭނުން ކޮށްފައި ވަނީ ކަނޑުގައި ދުއްވާ ޑްރޯނެކެވެ. ނަމަވެސް, އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އެ ޙަމަލާ ދިފާޢުކޮށް ޑްރޯން ނައްތައިލާފައިވާނެ ކަމުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ