
75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމާއި އަޕްގްރޭޑް ކުރުމަށް ފެނަކަ, އެމްޓީސީސީ އަދި އާރްޑީސީއަށް!
# ފެނަކަ ކޯޕަރޭޝަން# އާރްޑީސީ# އެމްޓީސީސީ--
މި ހިނގާ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެ ރަށަކާއި އެކަށޭނަ ކުނި މެނޭޖްކުރާނޭ ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރެއްވި ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކުރުމަށާއި އަޕްގްރޭޑް ކުރުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި އެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ ކޮންޓްރެކްޓްތައް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ 3 ކުންފުންޏެއް ކަމަށްވާ ފެނަކަ, އެމްޓީސީސީ އަދި އާރްޑީސީއާއި އެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު މި އެއްބަސްވުންތަކުގައި އެންވަޔަރަމެންޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހީމް އެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ ރިޓަޔާޑް މުޙައްމަދު ނަޖާހުއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ އެމްޑީ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާޑް ޢަލީ ޒުހެއިރުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.
މި މަޝްރޫއުގެ ތެރެއިން އެމްޓީސީސީން 26 ރަށެއްގެ މަސައްކަތާއި ހަވާލުވި އިރު އާރްޑީސީއިން 24 ރަށުގެ މަސައްކަތް އަދި ފެނަކަ އިން 25 ރަށުގެ މަސައްކަތާއި ވަނީ ހަވާލުވެފައި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެންވަރަމެންޓު މިނިސްޓްރީންވަނީ 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާއި ޙަވާލުކޮށްފައިއެވެ. އެހެންކަމުން، އިއްޔެ ޙަވާލުކުރެވުނު 75 ރަށާއި އެކު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާއި މިވަނީ ޙަވާލުކޮށްފައި އެވެ.
މި މަޝްރޫއުގެ ތެރެއިން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗަރ ޤާއިމު ކުރެވޭ 109 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަނީ މިފަދަ އިންސްޓްރަކްޗަރ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިނިސްޓްރީން ޤަބޫލުކުރާ މިންގަނޑަށް ޤާއިމުކުރެވިފައިވާ ކަމަށް އެމިނިސްޓްރީން ބުނެއެވެ. ނުވަތަ އެރަށްރަށަކީ ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އެމަސައްކަތް މިހާރު ކުރެވެމުންދާ ރަށްރަށާއި ޕްރޮކިއުމަންޓް މަރުޙަލާގައި ހުރި ރަށްތައް ކަމަށާއި އެހެންކަމުން ރޭވިފައިވާގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މިއަހަރު ފަހު ކުއާޓަރގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ރަށްރަށުގައި ޤާއިމު މިކުރެވޭ ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައްވެސް (އެފަދަ ތަކެތި މިހާރު ފޯރުކޮށްދެވިފައި ނުވާ ރަށްރަށަށް) މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައިއެވެ.
ގުޅުންހުރި

75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމާއި އަޕްގްރޭޑް ކުރުމަށް ފެނަކަ, އެމްޓީސީސީ އަދި އާރްޑީސީއަށް!

ކަމަދޫ އާއި މާއެނބޫދޫގެ ފުޓްބޯޅަ ދަނޑު ނިންމުމާއި ކުރެންދޫ ދަނޑުގެ ލައިޓް ހަރުކުރުން ފެނަކައަށް!

11 ރަށެއްގައި އާ މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ފެނަކައާއި އެމްޓީސީސީއަށް!
