logoEN
Sto top
ނުވަ ރަށެއްގައި ސިއްހީ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީ, ފެނަކަ އަދި އާރްޑީސީއަށް!

ނުވަ ރަށެއްގައި ސިއްހީ އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެ މަސައްކަތް އެމްޓީސީސީ, ފެނަކަ އަދި އާރްޑީސީއަށް!

އަހުމަދު ޝުރާއު

logo

3/13/2025, 10:00:15 AM

# އެމްޓީސީސީ# އާރްޑީސީ# ފެނަކަ ކޯޕަރޭޝަން

--

ނުވަ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ މަސައްކަތް ކުރުމުގެ އެއްބްސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިނިސްޓްރީގައި އިއްޔެ ބޭއްވި ޚައްޞަ ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ އެވެ.

އެމްޓީސީސީ އާއި ޙަވާލުކުރެވުނު މަސައްކަތް

ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,878,072.40ރ

ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 27,219,325.40ރ

ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,360,655.93ރ

ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,132,701.20ރ

މި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ މެނޭޖިންގް ޑިރެކްޓަރ ދެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަހްމަދު ސަޢުދީ އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް އަބުުދުﷲ އެވެ.

ރޯޑް ޑިވެލޮމްޕަންޓް ކޯޕަރޭޝަން

ކ. ގާފަރު ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 26,819,434.82ރ

ހދ. ކުޅުދުއްފުށީ ސިޓީގައި ޢިމާރާތް ކުރާ ދަމަނަވެށި

ޕްރޮޖެކްޓުގެ އަގު: 23,113,061.08ރ

ހދ. ހަނިމާދޫ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 104,834,778.55ރ

އދ. މާމިގިލީ ހޮސްޕިޓަލް ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 105,004,634.47ރ

މި ރަށްރަށުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އައު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އާރޑީސީގެ މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަލީ ޒުހެއިރު އެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް އެވެ.

ފެނަކަ ކޯޕަރޭޝަން

ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު ޢިމާރާތް ކުރުން

ޕްރޮޖެކްޓުގެ އަގު: 103,595,304.83ރ

ކޮންޓްރެކްޓަރ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފެނަކަ ކޯޕަރޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާޙް އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޠިމް އިބްރާހީމް ބައިވެރިވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އިތުރު ޞިއްޙީ ޚިދުމަތްދޭ ތަންތަނުގައި ސޮއިކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސްގެ ވައުދާއި އެއްގޮތަށް ޞިއްޙީ ދާއިރާގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside