logoEN
Sto top
11 ރަށެއްގައި އާ މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ފެނަކައާއި އެމްޓީސީސީއަށް!

11 ރަށެއްގައި އާ މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަސައްކަތް ފެނަކައާއި އެމްޓީސީސީއަށް!

އަހުމަދު ޝުރާއު

logo

3/15/2025, 4:14:40 PM

# ފެނަކަ ކޯޕަރޭޝަން# އެމްޓީސީސީ

--

11 ރަށެއްގައި އާ މިސްކިތް އިމާރާތް ކުރުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފިއެވެ. އެގޮތުން ފެނަކައާއި ހަވާލުކޮށްފައިވަނީ 11 ރަށުގެ ތެރެއިން 8 ރަށެއްގައި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތެވެ. އަދި އެމް.ޓީ.ސީ.ސީއާއި ވަނީ ތިން ރަށެއްގެ މަސައްކަތް ހަވާލުކޮށްފައެވެ.

Wamco

މި މަސައްކަތުގެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ކުންފުނިތަކާއި ދެމެދު ސޮއި ކުރެއްވީ، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްލާމީ ދާއިރާތަކުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ކުންފުނިތަކާއެިއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވެވި ހާއްސަ ހަފްލާގައެވެ.

މި އެއްބަސްވުންތަކުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރޓޑ) މުހައްމަދު ނަޖާހު ސޮއިކުރެއްވިއިރު އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރޓޑ) އަޙުމަދު ސައުދީއެވެ.

ފެނަކައާއި ހަވާލުކޮށްފައިވަނީ ތ. ހިރިލަންދޫ، ސ. ފޭދޫ، ނ. ހެނބަދޫ، ތ. ވޭމަންޑޫ، ރ. އިނގުރައިދޫ، ހދ. ނެއްލައިދޫ އަދި ބ. ކުޑަރިކިލުގައި 500 މީހުންގެ ޖާގައިގެ މިސްކިތް ބިނާކުރުމަށާއި ށ. ނޫމަރާގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށެވެ.

އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ ހއ. ބާރަށާއި ބ. މޮޅަހުގެ އިތުރުން އއ. ފެރިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް ބިނާ ކުރުމަށެވެ.

މި މިސްކިތްތައް އިމާރާތްކޮށް ނިމޭއިރު މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރެވި، އޭސީ ހަރުކުރުމަށް ހަމަޖެހިފައިވާކަމަށް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭ ކުލާހެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside