logoEN
cocacola
ނަޝީދުގެ ކޮރަލް އިންސްޓިޓިއުޓާއެކު އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ނަޝީދުގެ ކޮރަލް އިންސްޓިޓިއުޓާއެކު އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި

އައިޝަތު އިފާޝާ

logo

9/16/2022, 7:00:21 AM

# އައްޑޫސިޓީ

306185081_453853900121251_864842878450693689_n-1536x1024

ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އުފައްދަވާފައިވާ "މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް" އާއެކު އައްޑޫ ސިޓީ ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

ރައީސް ނަޝީދު މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ސިޓީ ކައުންސިލާ ވަނީ ބައްދަލުކޮށްފައެވެ. މިބައްދަލުވުމުގައި އައްޑޫގެ ތިމާވެށި ރައްކާތެރި ކުރުމުގެ ގޮތުން އިތުރަށް ކުރެވޭނެ މަސައްކަތްތަކާއި، މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން 2023 ވަނަ އަހަރު އައްޑޫގައި އިންތިޒާމުކުރާ "ކޮރަލް ފެސްޓިވަލް 2023" އާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެއިތުރުން ނަޝީދު މިއަދު ވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފަރާތުން ނޫރާނީ ސްކޫލްގެ ދަރިވަރުންނަށް ބޭއްވި "ކޮރަލް ކަސްޓޯޑިއަންސް" ވޯކްޝޮޕަށް ވެސް ޒިޔާރަތް ކުރައްވާފަ އެވެ.

މި ވޯކްޝޮޕްގައި ކޮރަލް އިންސްޓިޓުއްޓްގެ ފަރާތުން ދިވެހި ކަނޑުގެ މުރަކަ ހިމާޔަތްކޮށް މުރަކަ ދިރުވާ އާލާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެ ސްކޫލްގެ ދަރިވަރުންނާއި މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ. އަދި އެ ސްކޫލަށް ބައެއް ތަކެތި ވެސް އެ ޖަމިއްޔާގެ ފަރާތުން ވަނީ ހަދިޔާކޮށްފަ އެވެ.

"މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް" އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތްތައް ހޯދުމުގެ މަގުސަދުގައި ނަޝީދު އިސްނަންގަވައިގެން އުފެއްދެވި ޖަމިއްޔާއެކެވެ.

"މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓް"ގެ މަސައްކަތް ހިތަދޫގައި ހުންނަ ނަޝީދުގެ އޮފީހުގައި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ