logoEN
cocacola
އައްޑޫ ސިޓީ މީދޫގައި އަލިފާނުގެ ހާދިސާއެއް!

އައްޑޫ ސިޓީ މީދޫގައި އަލިފާނުގެ ހާދިސާއެއް!

އަހުމަދު ޝުރާއު

logo

6/24/2024, 3:11:38 PM

# އައްޑޫސިޓީ

--

އައްޑޫ ސިޓީ މީދޫގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ގޮސިޔާ

ސިފައިން މިއަދު ބުނީ އައްޑޫ ސިޓީ މީދޫގައި، ކުރިން ފިހާރައެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

އެގޮތުން މި ހާދިސާގެ ރިޕޯޓް މިއަދު 12:48 ހާއިރު ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވި އަލިފާން ނިއްވާލެވުނީ މިއަދު 13:08 ހާއިރު ކަމަށް ސިފައިން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ