
އައްޑޫއަށް ޗައިނާއިން ސީދާ ދަތުރުކުރެވޭނެ އިންތިޒާމުތައްދަނީ ހަމަޖައްސަމުން - ފައިސަލް
# އިބްރާހިމް ފައިސަލް# ފަތުރުވެރިކަން# އައްޑޫސިޓީ--
މިއަހަރުގެ ތެރޭގައި އައްޑޫއަށް ޗައިނާގެ ޕްރޮވިންސުތަކުން ސީދާ ދަތުރުތައް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިރޭ ވެރިކަން ކުރާ ޕީއެންސީއިން ކުރިޔަށްގެންދާ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ އައްޑޫ އަތޮޅަށް ރައީސް މުއިއްޒު ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށާއި އައްޑޫގެ ފަތުރުވެރުކަން ކުރިއެރުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް ރައީސް މުއިއްޒުގެ ސީދާ އިރުޝާދުތަކެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެއާއެކު ކުރައްވަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން ޗައިނާގެ ބޮޑު އެއާލައިނެއް ކަމަށްވާ ޗައިނާ އީސްޓާން އެއާލައިންގެ ނައިބު ރައީސްއާއި ބައްދަލުކުރެއްވިކަން ހާމަކުރައްވައި ފައިސަލް ވިދާޅުވީ ޗައިނާއަށް އެއާލައިނުން ސީދާ ދަތުރުތައް ފެއްޓެވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އަދި އެކަމާއި ގުޅިގެން އެއާލައިންެ އިސްވެރިންގެ ފަރާތުންވެސް ލިބުނީ އުންމީދީ ޖަވާބުތަކެއް ކަމަށާއި ދާދި އަވަހަށް ދަތުރުތައް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ޗައިނާގެ އެކި ޕްރޮވިންސުތަކުން އައްޑޫ ސިޓިއަށް ސީދާ ދަތުރުތައް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިއަހަރުގެ ތެރޭގައި އެދަތުރުތައް ފެށިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިދަތުރުތައް ފެށިގެން ދިޔުމާއި އެކު އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަދި ހުވަދު އަތޮޅުގެ ފަތުރުވެރިކަމަށް ސީދާ އަސަރުތަކެއް ކުރާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ގުޅުންހުރި
.webp&w=3840&q=75)
އައި.ޓީ.ބީ ބަރލިން 2025: ރާއްޖެއިން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އިތުރު އަޒުމެއް!

އަހަރުގެ ފުރަތަމަ ޓޫރިސްޓަކަށް ސްޕެއިންގެ މީހެއް: ރާއްޖެ އައި 11 ވަނަ ފަހަރު!

ރާއްޖެއަށް މިއަހަރުގެ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަތުވެއްޖެ: މިއީ ރާއްޖޭގެ ތާރީހުގައިވެސް ރެކޯޑެއް!
