logoEN
cocacola
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަވަހާރަކޮށްލަން މަސައްކަތްކޮށްފި

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަވަހާރަކޮށްލަން މަސައްކަތްކޮށްފި

އަހުމަދު ޝުރާއު

logo

9/15/2022, 3:56:32 PM

# ރަޝިއާ

breaking ބްރޭކިންގް

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އަވަހާރަކޮށްލަން ދިން ހަމަލާއަކުން ސަލާމަތްވެފައިވާ ކަމަށް ޔޫރޯ ވީކްލީ ނިއުސްގައި ރިޕޯޓްކޮށްފި އެވެ.

ގޮސިޔާ

އޭނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމާއި ގުޅޭ މައުލޫމާތު ޖީވީއާރް ޓެލެގްރާމް ޗެނަލުން ބުދަ ދުވަހު އާންމުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަން ހިނގީ ކޮން އިރަކު ކަމެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.

މިއަހަރުގެ ފެބްރުއަރީމަހު ރަޝިޔާއިން ޔޫކްރެއިންއަށް އެރި ފަހުން ޕޫޓިންގެ ސިއްހީ ހާލުކޮޅަށާއި ފުރާނައަށް ނުރައްކާވާފަދަ ވާހަކަތައް ދަނީ ދެކެވެމުންނެވެ. 2017 ވަނަ އަހަރުން ފެށިގެން މަދުވެގެން ފަސް ފަހަރު ޕުޓިން އަވަހާރަކޮށްލުމުގެ ހަމަލާއަކުން ވަނީ ސަލާމަތްވެވަޑައިގެންފައެވެ.

ޓެލެގްރާމް ޗެނަލުގައި ބުނެފައިވަނީ، ޕޫޓިންގެ ލިމޮޒިންގެ ވާތް ފަރާތު ފްރޮންޓް ވޭލްގައި ބާރުގަދަ ގޮވުމެއް ގޮވުމުގެ ސަބަބުން ވަރަށް ބާރަށް އެކްސިޑެންޓްވެފައިވާ ކަމަށާއި، ދުމުގެ އަސަރު ފެންނަން ފެށުމާއެކު ކާރު ސަލާމަތުގެ އައްސޭރިއަށް ގެންދެވިފައިވާ ކަމަށެވެ.

މި ހާދިސާގައި ރަޝިޔާގެ ރައީސަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާއިރު، އެ އައުޓްލެޓުން ބުނީ މި މައްސަލާގައި ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެހެން ނޫސްތަކުން ވެސް ވަނީ މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އެހެން މޮޓޮކޭޑެއްގައި ޕުޓިން އެނބުރި ރަސްމީ ގެކޮޅަށް ދަތުރުކުރައްވަމުން ގެންދެވި ކަމަށް ވިދާޅުވެފަ އެވެ.

( އެންޑީޓީވީ )

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ