logoEN
cocacola
ފަލަސްތީނުގެ ތައުލީމަށް ޗައިނާއިން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި

ފަލަސްތީނުގެ ތައުލީމަށް ޗައިނާއިން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

9/15/2022, 12:39:33 PM

# ޗައިނާ# ފަލަސްތީން

PALESTINIAN-HEALTH-VIRUS

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް ހަރަކާތްތެރިވަމުން އަންނަ އދގެ ރިލީފް އެންޑް ވޯކްސް އޭޖެންސީއަށް ފަލަސްތީނުގެ ކުޑަކުދިންނަށް ފެންވަރު ރަނގަޅު، ހަމަހަމަ އަދި އެންމެންނަށް ބައިވެރިވެވޭ އަސާސީ ތައުލީމު ފޯރުކޮށްދިނުމަށް ޓަކައި، ޗައިނާ ސަރުކާރުން އެ އޭޖެންސީއަށް އެއް މިލިއަން ޑޮލަރު ހަދިޔާ ކޮށްފި އެވެ.

ގޮސިޔާ

ޔޫއެންއާރްޑަބްލިއުއޭ އިން ބުނީ މި އެހީ ބޭނުންކުރާނީ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ 19 ސްކޫލެއްގައި 9200 ދަރިވަރުންގެ ލާބައާއި މަންފާއަށް ހިންގާ އެ އޭޖެންސީގެ ތައުލީމީ ޕްރޮގްރާމް ތަކަށެވެ.

ޗައިނާއިން މި އެހީ ދީފައިވަނީ ޔޫއެންއާރްޑަބްލިއުއޭގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒާރީނީ މި މަހުގެ ކުރީކޮޅު އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ އިދާރާއަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ، ސިޔާސީ އަދި މާލީ އެހީތެރިކަމަށް ގޮވާލައްވާފައި ވަނިކޮށެވެ.

"ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތައް ހިމާޔަތްކުރުމަށް ޗައިނާ ސަރުކާރުން ކެނޑިނޭޅި ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އިޚްލާސްތެރިކަމަށްޓަކައި ޔޫއެންއާރްޑަބްލިއުއޭގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އެ އެޖެންސީގެ ޕާޓްނާޝިޕްސް ޑިރެކްޓަރު ކަރީމް އެމެރް ވިދާޅުވި އެވެ. އަދި ޗައިނާއާއެކު އޮންނަ ބަދަހި ގުޅުމުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރާ ކަމުގައި ވިދާޅުވެފައިވެއެވެ.

ޔޫ.އެން.އާރް.ޑަބްލިއު.އޭ އަކީ 1949 ވަނަ އަހަރު އިސްރާއީލުގެ އިސްތިޢުމާރީ ދައުލަތެއް އުފެއްދުމުގެ ސަބަބުން އެ ޤައުމުތަކުން ބޭރުކޮށްލެވުނު ރެފިއުޖީންނަށް އަނބުރާ އެމީހުންގެ ގެތަކަށް އެނބުރި އައުމުގެ ޙައްޤު ލިބެންދެން، އުރުދުން، ސޫރިޔާ، ލުބުނާން، ހުޅަނގު އައްސޭރި އަދި ޣައްޒާ ހިމެނޭ ގޮތަށް 5 ސަރަޙައްދެއްގައި ރެފިއުޖީންނަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އުފެއްދި އިދާރާއެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ