
ފަލަސްތީނަށް އދ ގެ ފުރިހަމަ މެމްބަރު ގައުމެއް ގޮތުގައި ބަލައިގަތުމަށް އދ ގެ އާއްމު މަޖިލީހުން ތާއީދުކޮށްފި
# ފަލަސްތީން# އދ. އާއްމު މަޖިލިސް--
އދ ގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ފަލަސްތީނުން ކުރަމުން އަންނަ މަސައްކަތަށް އދގެ އާއްމު މަޖިލީހުން ތާއީދުކޮށްފި އެވެ.

193 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ ގެ އާއްމު މަޖިލީހުގެ މިއަދު ކުރިއަށް ދިޔަ ކުއްލި ބައްދަލުވުމުގައި, އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރާ މިންވަރު ދެނެގަތުމަށް ނެގި ވޯޓުގައި 143 ގައުމަކުން ވަނީ ފަލަސްތީނަށް އދގެ ފުރިހަމަ މެންބަރުކަން ދިނުމަށް ތާއީދުކޮށް ވޯޓު ދީފައެވެ.
ފަލަސްތީނުގެ ދައުލަަތަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ތާއީދު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއިންވެސް ގޮވާލާފައި ވެއެވެ. އަދި މިއަދު ވޯޓަށް އެހުނު ގަރާރަކީވެސް ދިވެހިރާއްޖެއިން ކޯ ސްޕޮންސަރ ކޮށްފައިވާ ގަރާރެކެވެ.
މި މައްސަލައިގައި އދ. ގެ 9 މެންބަރު ގައުމަކުން ވަނީ މި ގަރާރާ ދެކޮޅަށް ވޯޓުދީފައެވެ. އަދި 25 ޤައުމަކުން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.
މި ގަރާރުގައި ވަނީ އދ ގެސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ ރައްޔިތުން ބައިވެރިވުމުގެ ހައްގު ލިބޭ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އދ.ގެ ސަލާމަތީ މަޖިލީހުން އެމައްސަލަ އަލުން މުރާޖައާ ކުރުމަށްވެސް ލަފާދީފައެވެ.
ގުޅުންހުރި

ޔަހޫދީންގެ ބަޑީގެ ހަމަލާއެއްގައި ފަަލަސްތީނުގެ 14 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ

ޔަހޫދީން ޣައްޒާގެ ސްކޫލަކަށާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ރައްކާކުރާ ގުދަނަކަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަށް ކަށަވަރުކުރުމަށް ރާއްޖޭގެ ވޯޓާއި އެކު އދ އިން އިތުރު ގަރާރެއް ފާސްކޮށްފި
