
FCB6D3D9-4FB5-4C8C-88CF-2625F18EDB4B
ގދ ތިނަދޫ ބަރާސިލް އަވަށު ފުޓްސަލް ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެގޮތުން މިހާރު ދަނޑު ވަށައި ހޮޅި ޖަހައި ޕިޗް ވަނީ ކަނޑައަޅާފައެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ އޮސްޓްރޯވީ މޯލްޑިވްސް އާއި އެވެ. އެގޮތުން ތިނަދޫ ކައުންސިލާއި އެސްޓްރޯވީ މޯލްޑިވްސްއާއި މެދު އެއްބަސްވުމެެއްގައި ސޮއިކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ.
މި ޕްރޮޖެކްޓް އެކުންފުންޏާއި ހަވާލުކުރީ އެކުންފުންޏާއި ސައިޓު ހަވާލުކުރާ ތާރީހުން ފެށިގެން 50 ދުވަސްތެރޭ ނިންމައި ކައުންސިލާއި ހަވާލުކުރާ ގޮތަށެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ މި މަސައްކަތް ތާރީހަށް ނިންމާލެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ދަނޑު ނިމި ކައުންސިލާއި ހަވާލުކުރުމުން ދަނޑު ބޭނުންކުރާނެ ގޮތުގެ އުސޫލެއް ކަނޑައަޅައި ޒުވާނުންނަށް ދަނޑުގައި ކުޅެވޭ އިންތިޒާމް ވީ އެންމެ އަވަހަކަށް ހަމަޖެހިގެންދާނެ ކަމަށެވެ،
ބަރާސިލް އަވަށު ފުޓްސަލް ދަނޑުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާނުކުރީ މިދިޔަ މޭ މަހުގެ 16 ވަނަ ދުވަހު އެވެ.
އެ ދަނޑު ނޭޅި ދުވަސް ވެފައިވާތީ ތިނަދޫ ކައުންސިލަށް ރަށުގެ ޒުވާނުންގެ ފާޑުކިއުންތައް ވަނީ މީގެ ކުރިން އަމާޒުވެފައެވެ. ބަރާސިލް އަވަށުގައި ދަނޑު އެޅުމަށް ނިންމީ، އެ ރަށު ދަނޑުކޮޑޭ ސަަރަހައްދުގައި އެޅި ފުޓްސަލް ދަނޑު ނެގުމާ ގުޅިގެންނެވެ. އެ ދަނޑު ނަގާފައިވަނީ ރަށުގެ އެހެން ސަރަހައްދެއްގައި އެ ދަނޑު އަލުން އެޅުމަށް ޝަރުތުކުރުމަށްފަހު އެވެ.
ގުޅުންހުރި

ތިނަދޫ، ހިމެނޭހެން 4 ރަށެއްގައި ހަދާ ސިންތެޓިކް ޓްރެކްތައް އަންނަ އަހަރު ބޭނުންކުރެވޭނެ: މަހުލޫފް

ތިނަދޫ ބަރާސިލް އަވަށު ފުޓްސަލް ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިނަދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
