
Screenshot-2021-11-27-at-14.59.02-1536x1070
ގދ ތިނަދޫ އާއި ފަރެސްމާތޮޑާ ހިމެނޭހެން ދިހަ ރަށެއްގެ ކޯޓަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިޢުލާން ކޮށްފިއެވެ.

ޖޭއެސްސީން ކުރި އިޢުލާނުގައިވާ ގޮތުން އަށް ރަށެއްގެ ކޯޓަށް އިސް މެޖިސްޓްރޭޓުން ހޯދާއިރު އަނެއް ދެ ރަށުގެ ކޯޓަށް ހޯދަނީ މެޖިސްޓްރޭޓުންނެވެ.
މިގޮތުން ގދ ފަރެސްމާތޮޑާ މެޖިސްޓްރޭޓް ކޯޓަށް ހޯދުމަށް އިއުލާންކޮށްފައިވަނި އިސް މެޖިސްޓްރޭޓެކެވެ. އަދި ގދ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހޯދުމަށް އިއުލާންކޮށްފައިވަނީ މެޖިސްޓްރޭޓެކެވެ.
މި ދެރަށުގެ އިތުރުން ދެން މެޖިސްޓްރޭޓުންނާއި އިސް މެޖިސްޓްރޭޓުން ހޯދުމަށް އިއުލާންކޮށްފައިވަނީ ފ. ފީއަލި، ބ. ދަރަވަންދޫ، ތ. ގުރައިދޫ، ށ. ކޮމަންޑޫ، ށ. ފުނަދޫ، ހދ. ނޮޅިވަރަމްއާއި ހއ. ދިއްދޫއާއި ދ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށެބެ. މިގޮތިން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓް ފިޔަވާ އެހެން ކޯޓުތަކަށް ހޯދުމަށް އިއުލާންކޮށްފައިވަނީ އިސްމެޖިސްޓްރޭޓުންނެވެ. ކުޑަހުވަދޫ ކޯޓަށް ހޯދަން އިއުލާންކުރީ މެޖިސްޓްރޭޓެކެވެ.
އިސް މެޖިސްޓްރޭޓުންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 21,000 ރުފިޔާ ކަނޑައަޅާފައިވާއިރު މެޖިސްޓްރޭޓުންގެ އަސާސީ މުސާރައަކީ 18،850 ރުފިޔާއެވެ.