
ތިނަދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
# ތިނަދޫ# ތިނަދޫ ފުޓްބޯޅަ ދަނޑު277677395_365210478979056_5162027839174252669_n
ގދ ތިނަދޫގައި މިސަރުކާރުން ތަރައްޤީކުރަމުން އަންނަ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމް އެއް ޤާއިމްކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.

އިއްޔެ ޔޫތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ހައިޑުރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެވެ. މިކަމާއި ގުޅޭ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓް މުޙައްމަދު ނާޞިޙް ރަޝީދު އެވެ.
ތިނަދޫ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް ޤާއިމްކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ތިނަދޫގައި އަޅާ ޓާފް ދަނޑުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގައެވެ. ކޮވިޑް19 އާ ގުޅިގެން އެ ދަނޑުގެ މަސައްކަތް މެދުކެނޑުނު އިރު ދަނޑުގެ ވަށައިފާރު ރޭނުމާއި ފެންސު ޖެހުމުގެ މަސައްކަތް އޮތީ ނިމިފައެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތްވެފައެވެ.
އެ ދަނޑުގެ މަސައްކަތަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓަކީ 4.5 މިލިއަން ރުފިޔާ އެވެ.
ގުޅުންހުރި

ތިނަދޫ، ހިމެނޭހެން 4 ރަށެއްގައި ހަދާ ސިންތެޓިކް ޓްރެކްތައް އަންނަ އަހަރު ބޭނުންކުރެވޭނެ: މަހުލޫފް

ތިނަދޫ ބަރާސިލް އަވަށު ފުޓްސަލް ދަނޑު ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި

ތިނަދޫ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމްކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފި
