
މަނީ ލޯންޑްރިންގެ މައްސަލައެއްގައި ބޭންކަކުން 431 ކިލޯގެ ރަނާއި ރިހި އަތުލައިގެންފި
# މަނީ ލޯންޑަރިންގ# އިންޑިއާp71o4fdo_gold-bars_625x300_28_October_18
އިންޑިއާގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ ތުހުމަތެއްގެ ތަހުގީގުގައި ބޭންކެއްގައި ބަހައްޓާފައިހުރި 431 ކިލޯގެ ރަނާއި ރިހި އަތުލައިގެންފިއެވެ.

އިންޑިއާގެ ފެޑެރަލް އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެތަކެތި ފެނިފައިވަނީ ރަކްޝާ ބުލިއަން އާއި ކްލެސިކް މާރބްލްސްގެ އިމާރާތުގެ ތެރޭގައި ހުރި ލޮކަރު ތަކެއްގެ ތެރެއިން ކަމަށެވެ. އަދި އެ ރެއިޑް ކޮށްފައިވަނީ، ޕަރޭޚް އެލުމިނެކްސް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައެއްގެ ތަހުގީގަށް ކަމަށްވެސް ބުނެފައިވެއެވެ.
ޕްރައިވެޓް ލޮކަރުތައް ބަލާ ފާސްކުރިއިރު، ލޮކަރު ހުރި ތަން އޮޕަރޭޓް ކުރަމުން ދަނީ ރަނގަޅު މިންގަނޑުތަކަށް އަމަލު ނުކޮށް ކަން ވަނީ ސާބިތުވެފައެވެ. އެގޮތުން ކޭވައިސީ ފުރިހަމަކޮށްފައި ނުވާ ކަމަށާއި އެތަނުގައި ސީސީޓީވީ ކެމެރާއެއް ހަރުކޮށްފައި ނުވާ ކަމަށާއި އަދި އެތަނުގެ އިންއެންޑް އައުޓް ރެޖިސްޓާއެއް ވެސް ނެތް ކަމަށް ބުނެފައިވެއެވެ.
ލޮކަރުތައް އޮޕަރޭޓް ކުރިއިރު އަތުލައިގަތް ދެ ލޮކަރުގެ ތެރެއިން 91.5 ކިލޯގެ ރަނާއި އާއި 152 ކިލޯގެ ރިހި ފެނިފައިވެއެވެ. ރަކްޝާ ބުލިއަންގެ އިމާރާތުން އިތުރު 188 ކިލޯގެ ރިހި ވެސް ވަނީ އަތުލައިގެންފަ އެވެ. އެއީ 47.76 ކްރޯރު (477.6 މިލިއަން) އިންޑިއަން ރުޕީސްގެ އަގުހުރި އަދަދެކެވެ.
ޕަރޭޚް އެލުމިނެކްސް ލިމިޓެޑްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައަކީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް އެ ކުންފުނިން ބޭންކުތަކަށް "އޮޅުވާލައި، 2،296.58 ކްރޯޑު ރުޕީސްއަށް ލޯނު ނަގާފައިވާ" ކަމަށް ބުނާ މައްސަލައެކެވެ.
ގުޅުންހުރި

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި
