logoEN
Sto top
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާރުގަދަ ގޮވުމެއް: މިހާތަނަށް 8 މަރު!

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާރުގަދަ ގޮވުމެއް: މިހާތަނަށް 8 މަރު!

އަހުމަދު ޝުރާއު

logo

11/10/2025, 2:51:48 PM

# އިންޑިއާ

-

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާރުގަދަ ގޮވުމެއް ގޮވައި 8 މީހަކު މަރުވެއްޖެ އެވެ.

Wamco

އިންޑިއާގެ ނޫހެއް ކަމަށްވާ އިންޑިއާ ޓުޑޭއިން ރިޕޯޓުކުރާ ގޮތުގައި މިހާދިސާއަކީ ނިއު ދިއްލީގެ ރެޑް ފޯޓުގެ ހަލަބޮލި ސަރަހައްދެއްގައި އޮތް ކާރެއް ގޮވައި ހިނގި ހާދިސާއެކެވެ. ނަމަވެސް މިއީ ނިރުބަވެރި ހަމަލާއެއްގެ ގޮތުގައި އިންޑިއާ ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

މި ހާދިސާގައި މިހާތަނަށް 8 މީހަކު މަރުވިކަން ކަށަވަރުވެފައިވާއިރު އަނިޔާވި ގިނަ ބަޔަކަށް ނިއު ދިއްލީގެ އެލްއެންޖޭޕީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން މިހާދިސާގައި ގިނަ ވެހިކަލްތަކެއްގައިވެސް ރޯވެ އަނދާފައިވާކަމަށް އިންޑައާ ޓުޑޭއިން ރިޕޯޓުކުރަމުން އަންނަ އިރު ބާރު ގަދަ ގޮވުމުގެ ސަބަބުން އެސަރަހައްދުގެ ޓްރެފިކް ލައިޓްތައްވެސް ހަލާކުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކާއި އިމަޖެންސީ ރެސްޕޮންޑާސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ އިރު ނިއު ދިއްލީގެ ފުލުހުންގެ ތަރުޖަމާން ސަންޖޭ ތިޔާގީ ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ހާދިސާ ހިނގި ސީދާ ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC