
--
އިންޑިއާގެ ބޮޑުވަޒީރުކަން ދެ ދައުރަކަށް ކުރެއްވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގް އަވަހާރަވެއްޖެ އެވެ.

މަންމޯހަން ސިންގ އަވަހާރަވި އިރު އުމުރުފުޅަކީ 92 އަހަރެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމަނިކުފާނު އަވަހާރަވީ ކުއްލި އާލާސްކަންފުޅަކާއި ގުޅިގެން ނިއު ދިއްލީގައި ހުންނަ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގައި އެޑްމިޓްކުރިތާ މާގިނަ އިރުތަކެއް ނުވެ މިރޭގެ ވަގުތެއްގައި އެވެ.
އެމަނިކުފާނުގެ ސިއްހީ ހާލަތު ގޯސްވީ ކުއްލިއަކަށް ކަމަށާއި ފަރުވާ ދެމުން ދިޔައީ މުސްކުޅި ބަލީގައި ކަމަށް އެއިމްސްއިން ނެރުނު ބަޔާނެއްގައި ބުނެފައި އެވެ. އެގޮތުން އަވަހާރަވީ މިރޭ އިންޑިއާ ގަޑިން 9:51 ގައި ކަމަށް ވެސް ވަނީ ބުނެފައި އެވެ.
މަންމޯހަން ސިންގް އަކީ 2004 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި އަދި އަމިއްލަ ނަޒާހަތްތެރިކަން ބޮޑު ބޭފުޅެއްގެ ގޮތުގައި މަޝްހޫރުކަން ހޯއްދެވި ބޭފުޅެކެވެ.
ގުޅުންހުރި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ

ވައި ތަޣައްޔަރުވާ މިންވަރު އިތުރުވެ، ދިއްލީގެ ސްކޫލްތައް ބަންދުކޮށް އިމާރާތްކުރުން މަނާކޮށްފި

އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތުއްތު 10 ކުދިން މަރުވެއްޖެ
