logoEN
cocacola
އައު ކޯސްވޭއަކީ މަޑަވެލި-ހޯނޑެއްދޫގެ ތަރައްޤީޤެ ޗޭނަށް އިތުރުވާ ބޮޅެއް - ވާރިޝް

އައު ކޯސްވޭއަކީ މަޑަވެލި-ހޯނޑެއްދޫގެ ތަރައްޤީޤެ ޗޭނަށް އިތުރުވާ ބޮޅެއް - ވާރިޝް

އަހުމަދު ޝުރާއު

logo

9/13/2022, 9:15:44 PM

# ހުސެއިން ވާރިޝް# ހޯނޑެއްދޫ

306939940_5435932206517096_2303858334747908178_n

މިއަދު އަމަލީ މަސައްކަތް ފެށިގެން ދިޔަ މަޑަވެލި - ހޯނޑެއްދޫ ކޯސްވޭއަކީ މި ދެރަށުގެ ތަރައްގީގެ ޗޭނަށް އިތުރުވާ ބޮޅެއް ކަމަށް ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

މަޑަވެލި-ހޯނޑެއްދޫ ޒަމާނީ ކޯސްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވާރިޝް ވިދާޅުވީ ފަސޭހަކަމާއި އެކު މަޑަވެއްޔާއި ހޯނޑެއްދޫއާއި ދެމެދު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެގެން ދިޔުމަކީ އެތަށް ޒަމާނެއް ވަންދެއް ދެރަށުގެ ރައްޔިތުންވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެގޮތުން އެކި މަރުހަލާތަކުގައި މިކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރެވުނު ކަން ފާހަގަކުރައްވައި ވާރިޝް ވިދާޅުވީ ކުރިން ކުރެވުނު މަސައްކަތްތަށް ވެފައިވަނީ ފަސޭހައަކަށް ވުރެ ބޮޑަށް ތަކުލީފަކަށް ކަމަށެވެ.

މިހެން ކަމުން މިއަދު ފެށިގެންދިޔަ ޒަމާނީ އައު ކޯޒްވޭއަކީ އެރަށުގެ ރައްޔިތުންވެސް ދެކެމުން އައި ހުވަފެން އެއްވެސް ތަކުލީފެއް ނެތި ފުރިހަމަވެގެންދާނެ ކޯޒްވޭއެއްކަމަށް އުންމީދުކުރައްވާކަމަށް ވާރިޝް ވިދާޅުވިއެވެ.

ވާރިޝް އިތުރަށް ވިދާޅުވީ އައު ކޯޒްވޭ އަކީ މަޑަވެލި އަދި ހޯނޑެއްދޫގެ ތަރައްޤީގެ ޗޭނަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ.

ވާރިޝް ވަނީ ވާހަކަފުޅު ނިންމާލައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި އެމްޓީސީސީގެ ޓީމަށް މި ބިޔަ މަޝްރޫއު ފެށިގެން ދިޔުމުން ޝުކުރު އަދާކުރައްވާފައެވެ.

ގދ މަޑަވެލި އަދި ހޯނޑެއްދޫ ޒަމާނީ ކޯސްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަދުގެ ވަގުތެއްގައި އެވެ.

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ކޯޒްވޭގެ 2،544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4،596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، 1،378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޯޒްވޭއަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3،144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު އެޅުން ހިމެނެއެވެ. މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ