logoEN
cocacola
މަޑަވެލި އަދި ހޯޑެއްދޫ ޒަމާނީ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

މަޑަވެލި އަދި ހޯޑެއްދޫ ޒަމާނީ ކޯޒްވޭ އަކުން ގުޅާލުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެމްޓީސީސީއިން ފަށައިފި

އަހުމަދު ޝުރާއު

logo

9/13/2022, 6:01:35 PM

# މަޑަވެލި# ހޯނޑެއްދޫ# މަޑަވެލި - ހޯނޑެއްދޫ ކޯޒްވޭ

wwqqee

ގދ މަޑަވެލި އަދި ހޯނޑެއްދޫ ޒަމާނީ ކޯސްވޭއަކުން ގުޅާލުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ގޮސިޔާ

މި މަސައްކަތް ރަސްމީކޮށް ފެށިގެން ދިޔައީ މިއަދު ހޯނޑެއްދޫގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތުގައި މަޑަވެލީ ދާއިރާގެ މަޖްލިސް މެމްބަރު އަލްފާޟިލް ޙުސައިން ފިރުޝާންއާއި، މަޑަވެލީ ކައުންސިލްގެ ރައީސް އަލްފާޟިލް ފިޔާޒް ޙަސަންއާއި، ހޯޑެއްދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން ވާރިޝްއާއި އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން މިއަދު ބުނީ ކޯޒްވޭގެ ދަށުން އޮއި ދެމޭނެހެން، އަދި ކޯޒްވޭ މަތިން، ހެވީ ވެހިކަލަށްވެސް، ދަތުރުކުރެވޭ ފެންވަރަށް، މަޑަވެއްޔާއި ހޯޑެއްދޫ ގުޅާލުމަށް އެލޭ ކޯޒްވޭ އަކީ، އޭގެ ސަބަބުން، ރައްޔިތުންނަށް، ވަރަށް ބޮޑު ލުއިފަސޭހަތަކެއް، ހޯދައިދޭނެ ކޯޒްވޭ އަކަށް ވެގެންދާނެ ކަމަށެވެ.

އަދި ކޯޒްވޭ މިހާރު ޕްލޭން ކުރެވިފައިވާ، މުއްދަތުގެ ތެރޭގައި ނިމި، ރައްޔިތުންނަށް، ޚިދުމަތް ލިބެންފަށާއިރު، މިހާރު ތަޖުރިބާކުރާ، ރަށް ގިރުމުގެ މައްސަލައަށް ވެސް، ޙައްލު ލިބިގެންދާނެކަން އެމްޓީސީސީއިން ވަނީ ފާހަގަކޮށްފައެވެ.

ކޯޒްވޭއިން މިގުޅާލެވެނީ ޖުމްލަ 4 ރަށެވެ. އެއީ، ހޯޑެއްދޭއާއި މަޑަވެއްޔާ އަދި އެދެރަށުގެ ދޭތެރޭގައި އޮތް ދެ ފަޅުރަށް ކަމަށްވާ ކަންނިގިލާ އާއި ހާދޫ އެވެ.

View post on Twitter

އެދެރަށަކީ، އިޤްތިޞާދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ވީތީ، މި ކޯޒްވޭ ވެގެންދާނީ، މަޑަވެއްޔަށް ވެސް އަދި ހޯޑެއްދޫއަށްވެސް، މި ގޮތުން ދިރުން ގެނުވާނެ ކޯޒްވޭ އަކަށް ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

މި ޒަމާނީ ކޯޒްވޭއިން، މި ދެ ރަށް ގުޅާލުމުން، ފަތުރުވެރިކަމަށް ވެސް، އާ ދިރުމެއް ލިބި، އިޤްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ އިދާތަކެއް މި ދެ ރަށަށް ލިބިގެންދާނެވެ.

މި މަޝްރޫޢުގެ ދަށުން، 260 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ކޯޒްވ ގެ 2،544 ކިއުބިކް މީޓަރުގެ ސެގްމެންޓް ކޮންކްރީޓް މަސައްކަތް ކުރުމާއި، 285 ސްޕަން ޕައިލް ހަރުކުރުމާއި، 4،596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރުއެޅުމާއި، 1،378 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕ ވިންގ ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޯޒްވ އަށް ދެވެން އޮންނަ މަގުތައް ނުވަތަ އެޕްރޯޗް ރޯޑުގެ 3،144 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް ހެދުމާއި، ތާރު

އެޅުން ހިމެނެއެވެ. މީގެ އިތުރުން ރެއިލިންގ އަދި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ކުރެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރެވިގެންދާނެއެވެ. މި މަޝްރޫޢަކީ 84.17 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ވޭތުވެދިޔަ 3 އަހަރުތެރ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއް ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖ ގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ