logoEN
cocacola
ހޯނޑެއްދޫ ކައުންސިލް ފުޓްސަލް މުބާރާތް އަންނަ ޖުލައި މަހު ބާއްވަނީ

ހޯނޑެއްދޫ ކައުންސިލް ފުޓްސަލް މުބާރާތް އަންނަ ޖުލައި މަހު ބާއްވަނީ

އަހުމަދު ޝުރާއު

logo

5/30/2022, 9:13:10 PM

# ހޯނޑެއްދޫ

D2DC8B96-F86F-4D6B-B1E3-3528B3EBB31A-1536x1024

ގދ ހޯނޑެއްދޫ ކައުންސިލުން އިސްނަގައިގެން އެރަށުގައި ބާއްވަމުން އަންނަ " ކައުންސިލް ކަޕް " ފުޓްސަލް މުބާރާތް ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ގޮސިޔާ

ހޯނޑެއްދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ "ކައުންސިލް ކަޕް" ގެ ނަމުގައި އެކައުންސިލުން ދެ ޖިންސަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޓްސަލް މުބާރާތް 2022 ޖުލައި 22 ން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިގޮތުން މިމުބާރާތަކީ ހޯނޑެއްދޫ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާއި، ވާދަވެރި ރޫޙެއްގައި ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބާއްވާ މުބާރާތާކެވެ.

މިއަހަރުގެ މިމުބާރާތަކީ ހޯނޑެއްދޫ ޓީމުތަކުގެ އިތުރުން ކައިރި ރިސޯޓް ތަކަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރުމަށްފަހު 2022 ޖުލައި 7 ވަނަ ދުވަހުގެ ކުރިން ކައުންސިލް އިދާރައަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ހިންގާ ޤަވާއިދު މިކައުންސިލުނާއި ކައުންސިލްގެ ފޭސްބުކް ޕޭޖުން މިހާރު ލިބެން ހުންނާނެ ކަމަށް އެކައުންސިލުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ