logoEN
cocacola
ހޮރައިޒަންއަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ހޮރައިޒަންއަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

އަހުމަދު ޝުރާއު

logo

9/5/2022, 2:43:52 PM

# ހޮރައިޒަން ފިޝަރީސް# ހޯނޑެއްދޫ# ހުސެއިން ފިރުޝާން

61459738_2284071808484211_3163930299033714688_n

ހޮރައިޒަން ފިޝަރީޒްއަށް ހޯނޑެއްދޫއިން މަސްފެކްޓަރީ އަޅަން ދޫކޮށްފައިވާ ބިމުގެ އެގްރީމަންޓްގެ މައްސަލާގައި، ފިޝަރީޒް މިނިސްޓަރ މަޖިލީހުގައި ދެއްވާފައިވާ ޖަވާބުތަކާއި ގުޅިގެން މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ގޮސިޔާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު މެމްބަރު ފިރުޝާން ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، މަޑަވެލި ހޯޑެއްދޫ ބިމުން ފިޝަރީޒް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިން އެ މިނިސްޓްރީން 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒްއަށް މަސްފެކްޓްރީއެއް އެޅުމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިއޮތްތާ 17 އަހަރު ވާންދާއިރުވެސް އެ ބިމުގައި މަސްފެކްޓްރީއަޅައި މަސްވެރިންނަށް ހިދުމަތް ދީފައި ނުވާކަމަށެވެ. ހޮރައިޒަންއަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިމުގެ މައްސަލައިގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މަޖިލީހަށް އެކިފަހަރުމަތިން ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، ފިރުޝާންގެ ސިޓީގައިވަނީ، އެއްބަސްވުމާ ހިލާފުވެގެން ދޭ ނޯޓިސް ހޮރައިޒަންއަށް ދީފައިވާކަން މިނިސްޓަރު ބުނެފައިވާކަން ފާހަގަކޮށްފައެވެ.

ފިރުޝާންގެ ސިޓިގައި ބުނެފައިވަނީ ހޮރައިޒަންއިން އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާއި ހިލާފުވެފައިވާކަން މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު ދެއްވާފައިވާ ޖަވާބުތަކުން އެނގޭ ކަމަށެވެ. އެހެންނަމަވެސް އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށާއި، އަދި އެއްބަސްވުން ބާތިލުކޮށްފައި ނުވާތީ މި މައްސަލައިގައި ފިޝަރީޒް މިނިސްޓަރ އެއްވެސް ގޮތެއް ނުނިންމަވާ ސަަބަބެއް، އަދި މިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ވޭތޯ ބެލުމަށް، އަދި އެއްބަސްވުން ދަމަހައްޓާ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުން ބަލައިދިނުމަށް އެދޭކަމަށެވެ.

މިދިޔަ މަހު މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން ގދ.ހޯޑެއްދޫގައި ހޮރައިޒަން ފިޝަރީޒްއިން އަޅާފައިވާ ފެކްޓަރީއިން، މަސްގަތުމުގެ މަސައްކަތް ނުފަށާ އޮތީ މިހާރު ބާޒާރުގައި މަހުުގެ އަގުތައް ހުރި ގޮތުން، އެކުންފުންޏަށް ފައިދާއެއް ނުވާނެތީކަމަށެވެ. އަދި އެތަނުގެ ބިމު ކުލި ދައްކަމުންދާކަމަށާއި އަދި އެތަން އޮޕަރޭޝަނަށް ގެނައުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަވި ނަމަވެސް މިހާރު މަހުގެ އަގުތައް ހުރި ގޮތުން އެކުންފުންޏަށް ފައިދާ ނުވާނެކަމަށް ބުނެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޮރައިޒަން ފިޝަރީޒްއަށް ހޯޑެއްދޫން 13.5 ހެކްޓަރުގެ ބިމެއް ހަވާލުކޮށްފައި އޮންނަތާ މިހާރު ގާތްގަނޑަކަށް 17 އަހަރު ވެއްޖެއެވެ. އަދި އެ ބިމުގައި މަސައްކަތެއްނުކޮށް އެހެން އޮންނާތީ ރަށަށް އެކަމުގެ ސަބަބުން ލިބެންޖެހޭ ފައިދާއާއި ކުރިއެރުމަށް ހުރަސް އެޅެމުންދާކަން އެ ރަށު ރައްޔިތުން އަންނަނީ ފާހަގަކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ