
sadw
ހޯމަ ދުވަހު އެޕަލް އިން ވަނީ އެކުންފުނީގެ ނެކްސްޓް ޖެނެރޭޝަން މޯބައިލް ސޮފްޓްވެއާ، އައިއޯއެސް 16 ނެރެފި އެވެ.

އައިއޯއެސްގެ އާ އަޕްޑޭޓާއެކު އެންމެ ބޮޑަށް ފެންނާނެ ބަދަލަކީ ފޯނުތަކުގެ ލޮކްސްކްރީނަށް އަންނާނެ ބަދަލެވެ. އާ އަޕްޑޭޓުގައި ލޮކްސްކްރީން ވަރަށް ގަދަ އަށް ކަސްޓަމައިޒް ކޮށްލެވޭނެއެވެ. އޭގެތެރޭގައި ލޮކްްސްކްރީންގެ ގެލެރީ އަމިއްލައަށް ތައްޔާރު ކޮށްލުމުގެ އިތުރުން ތަފާތު އެކި ގޮތްގޮތަށް ގަޑި ބަދަލު ކޮށްލެވޭނެ އެވެ. އަދި އޭގެ އިތުރުން ވެސް ތަފާތު އެކި ކަހަލަ ވިޖެޓްތައް މިހާރު ލޮކްސްކްރީންގައި ބޭނުން ކުރެވޭނެ އެވެ.
އައިއޯއެސް 16 ގައި އައިވެސެޖް ސާވިސް އަށް ވަނީ އާ ފީޗާއެއް އިތުރުކޮށްފަ އެވެ. އެއީ ފޮނުވާ މެސެޖުތައް އެހެން މީހުންނަށް ފެނުމުގެ ކުރީން އެ ޗެޓުން ޑިލީޓްކޮށްލުމުގެ ފީޗާ އެވެ. އަދި މެސެޖް ޑިލީޓްކުރުމުގެ އިތުރުން މެސެޖުތައް އެޑިޓްވެސް ކޮށްލެވޭނެ އެވެ.
އާ އަޕްޑޭޓްތަކާ އެކު، ޔޫޒަރުންނަށް ވެސް ބްރައުޒާ ޓެބްތައް ގްރޫޕްތަކާ ހިއްސާކޮށް، އޭގެ ފޯކަސް އެޕްގެ އިތުރު ފިލްޓަރުތައް ހޯދޭނެ އެވެ. އެޕަލް ވޮޗް އާ ނުލައި ފުރަތަމަ ފަހަރަށް މޫވްމަންޓް މޮނިޓަރިންއަށް ފިޓްނަސް އެޕް ބޭނުން ކުރުމުގެ އިހްތިޔާރު ވެސް އެޕަލް އިން ވަނީ މި އަޕްޑޭޓުން ދީފައެވެ.
މީގެ އިތުރުން ފޮޓޯއަކުން ނުވަތަ އޭގެ ބެކްގްރައުންޑަކުން އޮބްޖެކްޓް ވަކިން ނަގާލެވި، އައިމެސެޖް ފަދަ އެހެން ތަނަކަށް އެ އޮބްޖެކްޓު ކޮޕީ ކުރުމުގެ ޤާބިލުކަން ވަނީ މި އަޕްޑޭޓުގައި ދީފައެވެ.
އެޕަލް އިން މީގެ ކުރިން ވަނީ އެކުންފުނީގެ އަހަރީ ޑިވެލޮޕަރކޮންފަރެންސްގައި ޖޫން މަހު މި ފީޗަރތައް ދައްކާވެސް ލާފައެވެ،.
އިއޯއެސް 16 އަކީ ހަމައެކަނި އައިފޯން 8 އާއި އެއަށް ވުރެ މައްޗަށް ސަޕޯޓް ކުރާ ވާޝަނެކެވެ.






