logoEN
WAMCO TOP 1
ދިގު އިންތިޒާރެއްގެ ނިމުން, މެލޭޝިއާގައި ފުރަތަމަ އެޕަލް ސްޓޯރ ހުޅުވައިފި

ދިގު އިންތިޒާރެއްގެ ނިމުން, މެލޭޝިއާގައި ފުރަތަމަ އެޕަލް ސްޓޯރ ހުޅުވައިފި

އަހުމަދު ޝުރާއު

logo

6/22/2024, 10:49:55 AM

# އެޕަލް

އެޕަލް ސްޓޯ މެލޭޝިއާ

ދުނިޔޭގެ އެންމެ މަގްބޫލު ޓެކް ބްރޭންޑު, އެޕަލް ގެ ރަސްމީ އެޕަލް ސްޓޯރއެެއް މެލޭޝިއާގައި ފުރަތަމަ ފަހަރަށް ހުޅުވައިފި އެވެ.

THE TRAVELLER AD

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގެ މޯލެއް ކަމަށްވާ ދަ އެކްޒްޗޭންޖު ޓީއާރްއެކްސްގައި މިއަދު އެޕަލް ސްޓޯރ ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު ހެނދުނު މެލޭޝިއާ ގަޑިން 09:00 ގައި އެވެ. އެގޮތުން މި ސްޓޯރ ރަސްމީކޮށް ހުޅުއްވައިދެއްވީ އެޕަލްގެ ވައިސް ޕްރެޒިޑެންޓު ޓު ރީޓެއިލް ޑެއިޑްރޭ އޯ ބްރައިން އެވެ.

މި ސްޓޯރ ހުޅުވި އިރު ކިއުގައި 250 އަށްވުރެ ގިނަ މީހުން ތިބިކަމަށް އެޕަލް އިން ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ ސްޓޯރ އަށް ވަތް ކަސްޓަމަރަކީ ރޭގެ 10:00 ގައި ފިހާރައިގެ ކިއުއަށް އެރި މީހެއް ކަމަށް އެޕަލްއިން ބުނެއެވެ.

އެޕަލްއިން ބުނާ ގޮތުގައި ސްޓޯރުން އެޕަލްގެ އެހެނިހެން ސްޓޯރ ތަކާއި އެއްފަދައިން އެޕަލްގެ ހުރިހާ ޕްރޮޑަކްޓެއްވެސް ގަންނަން ލިބޭނެ އެވެ. އަދި އެޕަލްއިން ކުރިޔަށް ގެންދާ ޓްރެއިނިންގތައްވެސް މެލޭޝިއާ އެޕަލް ސްޓޯރުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި އެވެ. މީގެ އިތުރުން އެޕަލްގެ ޕްރޮޑަކްޓުތައް ޓްރޭޑް ކުރުމުގެ ހިދުމަތްވެސް އެ ސްޓޯރުން ލިބޭނެ ކަމަށް އެޕަލްއިން ވަނީ ބުނެފައި އެވެ.

އެޕަލްއިން މިއަދު ހުޅުވި ސްޓޯރަކީ ސިންގަޕޫރަށްފަހު އޭޝިއާ ސަރަހައްދުގައި އެޕަލްއިން ހުޅުވި އެންމެ ހިއްގައިމު ސްޓޯރެވެ. އެގޮތުން ޖުމުލަ 2 ފަންގިފިލާ އެ ސްޓޯރުގައި ހުރެއެވެ.

އެޕަލް ސްޓޯރ މެލޭޝިއާ ހުޅިވިފައި ހުންނާނީ މެލޭޝިއާ ގަޑިން ހެނދުނު 09:00 އިން ރޭގަނޑު 10:00 އާއި ހަމައަށެވެ.

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ މެލޭޝިއާގައި އެޕަލް ސްޓޯރއެއް ހުޅުވިގެން ދިޔުމަކީ ގިނަ ބަޔަކު ކުރަމުން އައި ދިގު އިންތިޒާރެއްގެ ނިމުމެވެ.

ކޮމެންޓް
ފަހުގެ
HDC