
Apple-iPhone-14-Pro-iPhone-14-Pro-Max-hero-220907_Full-Bleed-Image.jpg.large
ގިނަ ބަޔެއް އިންތިޒާރު ކުރަމުން އައި އެޕަލްގެ އައު އައިފޯން، އައިފޯން 14 ގެ މޮޑެލްތަށް ރޭ ދައްކާލައިފި އެވެ.

އެޕަލްއިން އޮންލައިންކޮށް ކުރިޔަށް ގެންދިޔަ މި ޙާއްސަ އިވެންޓުގައި ވަނީ އައިފޯން 14، އައިފޯން 14 ޕްލަސް ، އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް ވަނީ ދައްކާލާފައެވެ.
މިގޮތުން އައިފޯން 14 ގެ މޮޑެލްތަކުގެ ޑިޒައިން އައިފޯން 13 އާއި މާބޮޑު ތަފާތެއް ނެތެވެ.
އައިފޯން 14 ، އައިފޯން 14 ޕްލަސް ގެ ބައެއް މައި ފީޗާތަށް
6.1 އިންޗީގެ ސްކްރީނަކާއި އެކު އައިފޯން 14 އަދި 6.7 އިންޗީގެ ބޮޑު ސްކްރީނަކާއެކު އައިފޯން 14 ޕްލަސް
ދިގު ބެޓެރީ ލައިފް އަދި "ސެރަމިކް ޝީލްޑް" ސްމާޓްފޯން ގްލާސް
އޭ15 ޗިޕް
ބޮޑެތި ޕިކްސެލްތަކާއި، އަވަސް އެޕަރޗަރ އަދި އިމްޕްރޫވްޑް ސެންސަރުތައް ހިމެނޭ 12 އެމްޕީ މެއިން ކެމެރާ
ފްރޮންޓް ކެމެރާގައި އޮޓޯ ފޯކަސް
، ރަނގަޅު އިންޑިވިޖުއަލް އަދި ގްރޫޕް ސެލްފީތަކަށް ލޯ ލައިޓްގައި ގިނަ ދުރުމިނަކަށް ފޯކަސް ކުރުމުގެ ފުރުސަތު
ވީޑިއޯއަށް އައު އެކްޝަން މޯޑް
5 ކުލައަކުން :- އެއީ މިޑްނައިޓް، ސްޓާލައިޓް، ބްލޫ، ޕަރޕަލް އަދި ޕްރޮޑަކްޓް ރެޑް
އައިފޯން 14 ޕްރޯ . އައިފޯން 14 ޕްރޯ މެކްސް ގެ ބައެއް މައި ފީޗާތަށް
4 ކުލައަކުން :- ސްޕޭސް ބްލެކް، ރިހި، ގޯލްޑް، އަދި ޑީޕް ޕާޕަލް ކުލަ
ނޮޗް ކުޑަކޮށްފައި
ޑީޕް ޑެޕްތު ފްރަންޓް ކެމެރާއެއް
ޑައިނަމިކް އައިލެންޑް ފީޗާ: ކޮންމެ އެލާޓަކަށް ވެސް އެ އެލާޓެއްގައި އަމިއްލަ އައިޑެންޓިޓީއެއް ، ނޮޓިފިކޭޝަންތަކާއި ފޭސް އައިޑީގެވެސް އެނިމޭޝަން ނޮޗްއާއި ގުޅިފައި
ކުއަޑް ޕިކްސެލް ސެންސަރަކާއެކު "ޑީޓެއިލް އަށް އޮޕްޓިމައިޒް ކުރާނެ" 8 މެގަޕިކްސެލްގެ ކެމެރާއެއް
2އެކްސް ޒޫމް ކެމެރާ އޮޕްޝަން
އައިފޯން13 ޕްރޯއާ އަޅާބަލާއިރު ލޯ ލައިޓްގައި ދެ ގުނަ އަށް ރަނގަޅުވާނެ
ދިގު ބެޓެރީ ލައިފް އަދި "ސެރަމިކް ޝީލްޑް" ސްމާޓްފޯން ގްލާސް
އޭ16 ޗިޕް
ވީޑިއޯއަށް އައު އެކްޝަން މޯޑް
ފްރޮންޓް ކެމެރާގައި އޮޓޯ ފޯކަސް
ރަނގަޅު އިންޑިވިޖުއަލް އަދި ގްރޫޕް ސެލްފީތަކަށް ލޯ ލައިޓްގައި ގިނަ ދުރުމިނަކަށް ފޯކަސް ކުރުމުގެ ފުރުސަތު
މިފީޗާތަކުގެ އިތުރުން އައިފޯން14 ގެ ހުރިހާ މޮޑެލަކަށްވެސް ސެޓެލައިޓް މެދުވެރިކޮށް އިމަޖެންސީ އެސްއޯއެސް ނަމަކަށް ކިޔާ ސެޓެލައިޓް ކަނެކްޓިވިޓީ ފީޗާއެއް ވަނީ ތައާރަފްކޮށްފައެވެ. މި ފީޗާގެ މަގުސަދަކީ ސިމަށް ރޭންޖް ނުލިބޭ އިރު މީހުން މުއާމަލާތް ކުރުމަށް އެހީތެރިވެދިނުމެވެ. އެގޮތުން މި ފީޗާ ހިމަނާފައިވަނި ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭ ގޮތަށެވެ. މިއީ ސެޓްލައިޓް އެންޓަނާއަކާއި ނުލައި ފޯނު ގެ ސަބަބުން ލޮކޭޓް ކުރުމަށް އެހީތެރިވެދޭނެ ފީޗާއެކެވެ.
މީގެ އިތުރުން ކްރޭޝް ޑިޓެކްޝަން ވެސް ވަނީ މި ފޯނުތަކުގައި ހިމަނާފައެވެ. މި ފީޗާގެ އެހީގައި، ފޯނު ގެންގުޅޭ ވަގުތެއްގައި އެކްސިޑެންޓެއް ހިނގައިފި ނަމަ އެމަޖެންސީ ކޮންޓެކްޓަކަށް ކުޑަހިނދުކޮޅެއްގެތެރޭގައި ނޯޓިފިކޭޝަން ފޮނުވާނެ އެވެ.
އައިފޯން 14 ގެ އަގަކީ 799 އެމެރިކާ ޑޮލަރެވެ. އައިފޯން ޕްލަސްގެ އަގަކީ 899 އެމެރިކާ ޑޮލަރެވެ. މި މޮޑެލްތަކަށް މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޕްރީއޯޑާ ކުރެވޭނެއެވެ. އައިފޯން ޕްރޯގެ އަގު 999 އެމެރިކާ ޑޮލަރަށް އުޅޭއިރު އައިފޯން ޕްރޯ މެކްސް 1،099 އެމެރިކާ ޑޮލަރަށް ވިއްކާނެ ކަމަށް އެޕަލް އިން ބުނެއެވެ. އައިފޯން ޕްރޯ އާއި ޕްރޯ މެކްސް އަށް ޕްރީ އޯޑާ ކުރެވޭނީ މި މަހުގެ 16 ވަނަ ދުވަހުން ފެށިގެންނެވެ.







