
ގެމަނަފުށީގެ "ޑްރަގު ބޮޑު" ހައްޔަރުކޮށް، ރަށް މަސްތުން ސަލާމަތްކޮށްފި
# މަސްތުވާތަކެތި# ޚަބަރު# ގއ.ގެމަނަފުށިgemanafushi
އެއްވެސް މީހަކު މަސްތުވާތަކެތި ބޭނުން ނުކުރާ ފުރަތަމަ ރަށަކަށް ގއ. ގެމަނަފުށި ވެއްޖެ އެވެ.

މިކަން އިއުލާންކޮށްފައިވަނީ ލ. ގަމުގައި މިއަދު ފެށި "ވިއަވަތި" ކޮންފަރެންސްގައި، ފުލުހުންގެ ފަރާތުން ދެއްކި ޕްރެޒެންޓޭޝަނެއްގައެވެ. ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފަސް ރަށެއް ކަނޑައެޅި ކަމަށާއި އެ މަސައްކަތުގެ ދަށުން މަސްތުވާތަކެތި ބޭނުން ނުކުރާ ފުރަތަމަ ރަށަކަށް ގއ. ގެމަނަފުށި ވެފައިވާ ކަމަށެވެ.
މި މަސައްކަތް ކާމިޔާބު ކުރުމަށް ގެމަނަފުށީގައި ފުލުހުން ވަނީ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންގެ ދަށުން އެ ރަށަށް މަސްތުވާތަކެތި އެތެރެކޮށް އެ ވިއްކާ ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެއާއެކު ރަށުގައި މަސްތުވާތަކެތި ލިބުން ހުއްޓުމަކަށް ވަނީ އައިސްފައެވެ. އޭގެ ކުރިން އެރަށުގައި މަސްތުވާތަކެތި ބޭނުންކުރާ 20 ވަރަކަށް މީހުން ތިއްބެވެ.
އެ ޕްރެޒެންޓޭޝަނުގައި ބުނީ މަސްތުވާތަކެތި ލިބުން ހުއްޓުމަކަށް އައުމުން އެ މީހުން ބަލިވެ، ސިއްހީ މަރުކަޒުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ޖެހުނު ކަމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންގެ ޑްރަގް އެންޑް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ޓީމެއް ގެމަނަފުއްޓަށް ޒިޔާރަތްކޮށް ޒުވާނުންނާ ވާހަކަ ދެއްކުމުން އެ ޒުވާނުން އަނބުރާ މުޖުތަމައުއަށް އަންނަން ބޭނުންވާ ކަން އެނގުނު ކަމަށެވެ.
ގުޅުންހުރި

ގޮއިދޫއިން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި
.jpg&w=3840&q=75)
ގެމަނަފުށީ ކެފޭ ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތުދިނުމުގެ ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފި
