
ހައްޔަރުކުރި ބިދޭސީ މީހާ
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ އެމް.ޑީ ސޮހަބް މިއަ/ ބަންގްލަދޭޝް (36އ) މައްޗަށެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރުގެ ޖޫން 28 ވަނަ ދުވަހު ހިނގާފައިވާ މައްސަލައެކެވެ. މަސްތުވާތަކެތި ފެނިފައިވަނީ ޔޫ.އެސް ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން އޭނާ ރާއްޖެ އައި ވަގުތު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި ޗެކްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭނާ ބަލައި ފާސްކޮށްފައިވަނީ އޭނާ ގެންގުޅުނު ލެޕްޓޮޕް ދަބަހެއްގެ ތެރެއިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެންނެވެ. ފުލުހުން ބުނެފައިވަނީ ފާސްކުރިއިރު، 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ފުލުހުންގެ ތަހުގީގަށް ކަށަވަރުވެފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ބޭނުންވާ ހެކިތަކާއި، ތަހުލީލު ރިޕޯޓްތަކުގެ އިތުރުން އޮފިސަރުންގެ ބަޔާންތައް ހުށަހަޅާފައިވެ އެވެ. އަދި ކްރިމިނަލް ކޯޓުން މައްސަލަ ބެލުމަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، 23 އަހަރާއި 3 މަހާއި 25 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. މީގެ އިތުރުން 100,000 ދިވެހި ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ހުކުމް ކުރި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފިހުން އެނާގެ މައްޗަށް ދައުވާކުރީ ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާ އެއްޗެއް ރާއްޖެ އެތެރެކުރުމުގެ ކުށެވެ.





