
ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ:އިހްސާން
# ދިވެހި ފުލުހުންގެ ޙިދުމަތް# މޯލްޑިވްސް ކަސްޓަމްސް# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ދާޚިލީ ވަޒީރު# މަސްތުވާތަކެތިފޮޓޯ: ދާޚިލީ ވުޒާރާ
ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ކުރި މަސައްކަތުގެ ތެރެއިން 83،450 ގްރާމުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ޑްރަގުގެ ސަޕްލައި ދަށްކުރުމަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ފުލުހުން އަދި ކަސްޓަމްސް ގުޅިގެން ހިންގި ތަފާތު އެކި އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި މި ނަތީޖާއަކީ ފުލުހުން ރެއާއި ދުވާލު ކުރައްވާ ބުރަ މަސައްކަތުގެ ފޮނި ނަތީޖާކަން ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލު ހޯދުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޑްރަގު ސަޕްލައި ދަށްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަ ކަމަށެވެ.
އަދި ސަރުކާރާ ރައީސުލްޖުމްހޫރިއްޔާ ހަވާލުވިފަހުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ހިންގޭ ޕްރޮޖެކްޓުގެ ތެރެއިން 2 ޕޮލިސް ސްޓޭޝަން ވަނީ ދިވެހި ރައްޔިތުންގެ ޚިދުމަތަށް ނެރެވިފައިކަން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް 11 ޕްރޮޖެކްޓެއް ނިންމާ ފުލުހުންގެ ޚިދުމަތަށް ނެރޭނެ ކަމަށެވެ.
ގުޅުންހުރި

ލ. ގަމުން ގެއްލުނު މީހާ ފެނިއްޖެ؛ އޮތީ ޖޯއްޔެއްގައި

ޒަރޫރީ ބޭނުންތަކަށް ފިޔަވައި ކަނޑުމަތީގެ ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފި

ކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
.png&w=3840&q=75)



