
-
ރާއްޖެ އެތެރެކުރަން އުޅުނު 29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ، ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއް، މިމަހުގެ 12 ވަނަ ދުވަހު ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގެ ޓެސްޓުތަކުން އެތަކެތި ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައި ކަމަށެވެ.
އަތުލައިގަތް ހަޝިޝް އޮއިލްގެ ބަރުދަނުގައި 36.43 ކިޅޯ ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސް ސާވިސަސް އިން ބުނެފައި ވެއެވެ.
މިމައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި، އަތުލެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަަށްވެސް ކަސްޓަމްސް އިން ބުނެއެވެ.
ގުޅުންހުރި

140 ގްރާމަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ހައްޔަރުކޮށްފި

އައްޑޫސިޓީއަށް ވައިގެ މަގުން ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު އުމުރަށް ޖަލަށް




