
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި
# މަސްތުވާތަކެތި# ދިވެހި ފުލުހުންގެ ޙިދުމަތްފޮޓޯ: ޕޮލިސް
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީ އަދި މ. މުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. މުލައް / އާގެ، ޝާމު ޢަބްދުލްޤާދިރު (26އ) އާއި ހދ .ނޭކުރަންދޫ / ޝާރާޒް، އަޙްމަދު އިބްރާހީމް (46އ) އެވެ
މި ދެ މީހުންގެ ތެރެއިން ޝާމު ޢަބްދުލްޤާދިރު ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު މުލަކު ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައިވެއެވެ.
މުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ނޭކުރެންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި އޮޕަރޭޝަންގައެވެ.
މި އޮޕަރޭޝަންގައި، ކުޅުދުއްފުށީ ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރުކޮޅު ފެނިފައިވެއެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާމު ޢަބްދުލްޤާދިރު ފަސް ދުވަހަށް އަދި އަޙްމަދު އިބްރާހީމް ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
ގުޅުންހުރި

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގި ދެކޯހެއްގެ ނިމުން ފާހަގަކޮށްފި

ދަސްވެނިންގެ އަތްމައްޗަށް މި ދޫކޮށްލެވުނީ ރައްޔިތުންގެ ސަލާމަތާ ގުޅިފައިވާ އިލްމީ އަމާނާތެއް: ސީޕީ

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ "ރައްކާ ރޯޑްޝޯ" ރ. އަތޮޅުގައި ފަށަނީ




