
1318222
އެންޓަނާ ޖެހުމަށް ރަށް ރަށުގައި ދޫކުރާ ބިމުގެ ކުލި އެ ރަށެއްގެ ކައުންސިލްތަކަށް ލިބޭގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އެ މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައިވާ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހުތިސާސް ހިމެނޭ ވަސީލަތް ނުވަތަ ހަރުމުދަލުގެ ތެރެއިން، އެންޓަނާ ޖެހުމަށް ދޫކޮށްފައިވާ ބިންތަކުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ލިބޭނީ އެރަށެއްގެ ކައުންސިލަށެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، މިގޮތަށް ނުއުފުލޭ ހަރުމުދާ ހުންނަ ބިންތައް ކުއްޔަށް ދޫކޮށްފައިވާ ފަރާތަކަށް ރަޖިސްޓަރީ ކޮށްފައިވާ ނަމަ އެ ބިމެއްގެ ރަޖިސްޓަރީ ކައުންސިލަށް ބަދަލުކޮށް، ކުއްޔަށް ދީފައިވާ ފަރާތާ އެކު އާ އެއްބަސްވުމެއްގައި ސޮއި ކުރަން ޖެހޭނެ އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ކައުންސިލްތަކަށް ގިނަ ބާރުތަކެއް އަންނަނީ ދެމުންނެވެ. އެގޮތުން ރަށްރަށުން ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާފައިވާ ބިންތައް ދޫކުރުމުގެ ބާރު ވެސް ކައުންސިލްތަކަށް ވަރަށް ފަހުން ވަނީ ދީފަ އެވެ.
ގުޅުންހުރި

މިނިސްޓްރީތަކެއް ހިންގަމުންދިޔަ އިމާރާތްތަކުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް 2.8 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ!

47 ބައިވެރިންނާއެކު ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

ހިންގުން ހަރުދަނާކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭ: އާދަމް ޝަރީފް





