logoEN
Sto top
47 ބައިވެރިންނާއެކު ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

47 ބައިވެރިންނާއެކު ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް ފަށައިފި

# ކައުންސިލް# އިންޓަރނަލް އޮޑިޓް ކޮންފަރެންސް

ފޮޓޯ: ސިޓީސް މިނިސްޓްރީ

47 ބައިވެރިންނާއެކު ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސް މިއަދު ފަށައިފިއެވެ.

Wamco

ލޯކަލް ކައުންސިލްސް އިންޓަރނަލް އޮޑިޓް ކޮންފަރެންސަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އާއި އިންޓަރނަލް އޮޑިޓް އެސޯސިއޭޝަން (އައިއޭއޭ) ގުޅިގެން ކުރިއަށްދާ ކޮންފަރެންސެކެވެ.

މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އަދި އެލްޖީއޭގެ ރައީސް އާދަމް ޝަރީފު ޢުމަރުއެވެ.

ސްޓެލްކޯގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ފެށި މި ކޮންފަރެންސަކީ އަލަށް ޢައްޔަންކުރެވޭ އޮޑިޓަރުންނަށް މައުލޫމާތު ދިނުމަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސެކެވެ.

އަދި އޮޑިޓަރުންގެ ހުނަރާއި، އަމަލީ ޤާބިލުކަން އުފެއްދުންވެސް ކޮންފަރެންސްގެ މަޤުސަދުގެ ތެރޭގައި ހިމެނެއެވެ.

ޖުމްލަ 47 ބައިވެރިންނާއެކު ކުރިއަށްދާ މި ކޮންފަރެންސްގައި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން އަދި ކައުންސިލްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެން އިންޓަރނަލް އޮޑިޓްކުރުމާ ގުޅޭ ގިނަ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ، މިގޮތަށް ކައުންސިލްތަކުގެ އިންޓަރނަލަ އޮޑިޓަރުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ފޯރަމެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ފޯރަމް ސިލްސިލާ ފޯރަމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

މި ކޮންފަރެންސްގެ ޝިޢާރަކީ ''ސްޓްރެންތިން ގަވަރނަންސް: އިންޓްރޮޑިއުސިންގ އިންޓަރނަލް އޮޑިޓް ފޯ އިފެކްޓިން ކައުންސިލް އޯވަރސައިޓް'' އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC