logoEN
cocacola
ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ސްމޫތީތައް

ބަރުދަން ލުއިކުރުމަށް އެންމެ ރަނގަޅު ސްމޫތީތައް

އައިޝަތު އިފާޝާ

logo

9/11/2022, 6:30:28 AM

# ސިއްޙަތު

25e752c3736e31b600f1d64ced69394d

ބަރުދަން ލުއިކުރުމަށް ތިބާ މަސައްކަތް ކުރަމުންދާނަމަ، ޑައެޓް ޕްލޭންއަށް އިތުރު ކުރެވިދާނެ އެންމެ ރަނގަޅު ސްމޫތީގެ ރެސިޕީތައް މިހުރީއެވެ. ސްމޫތީއަކީ ޕްރޮޓީންއާއި ފައިބަރުން މުއްސަދި ބުއިމެކެވެ. މި ބުއިމުގެ ސަބަބުން ގިނައިރުތަކެއް ވަންދެން ބަނޑުހައިނުވެ ހުރުމަށް އެހީތެރިވެދެއެވެ.

ގޮސިޔާ

ތަރުކާރީ އާއި މޭވާގެ ޑައެޓެއް ކުރިއެރުވުމަށް އީޖާދީ ގޮތެއް ހޯދަން ބޭނުންނަމަ ސްމޫތީއަކީ އެކަމުގައި ކުރިއަށް އޮތް އެންމެ ރަނގަޅު މަގެވެ.

ތިރީގައި މި ހިމަނާލަނީ ގޭގައި ތައްޔާރުކޮށްލެވިދާނެ ސްމޫތީގެ ބައެއް ރެސިޕީތަކެވެ.

undefined

ގްރީން ސްމޫތީ

ބޭނުންވާ ތަކެތި - ކޭލް، ސްޕިނެޗް، ދޮންކެޔޮ އަދި އަލްމަންޑް ތެޔޮ

ތައްޔާރުކުރާނެ ގޮތް - މިކްސަރަކަށް ހުރިހާއެއްޗެއް އެއްކޮށް އަޅާފަ 20 ސިކުންތު ވަންދެން ގިރާލާށެވެ.

undefined

ނަޓްޓީ ބަނާނާ ސްމޫތީ

ބޭނުންވާ ތަކެތި - ދޮންކެޔޮ، ޕީނަޓް ބަޓަރު، އަލްމަންޑް މިލްކް، ޗިއާ ސީޑްސް، ސިނަމަން ޕައުޑަރ

ތައްޔާރުކުރާނެ ގޮތް - ހުރިހާ އެއްޗެއް މިކްސަރަށް އެޅުމަށްފަހު އޮލަވަންދެން ގިރާލާށެވެ.

undefined

ރާސްބެރީ ސްމޫތީ

ބޭނުންވާ ތަކެތި - ރާސްބެރީ، ޔޯގަޓް، ދޮންކެޔޮ، ކިރު، މާމުއި

ތައްޔާރުކުރާނެ ގޮތް - ދެ ތަށި ރާސްބެރީ، 1 ދޮންކެޔޮ، ކިރު އަދި މާމުއި މިކްސަރަށް އެޅުމަށްފަހު ރަގަޅަށް ގިރާލާށެވެ.

undefined

އަވަކާޑޯ އެންޑް ޕީޗް ސްމޫތީ

ބޭނުންވާ ތަކެތި - ޕީޗް، އަވަކާޑޯ، ދޮންކެޔޮ، ސެސަމީ ސީޑް، ކިރު

ތައްޔާރުކުރާނެ ގޮތް - މިކްސަރަށް ހުރިހާ އެއްޗެއް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ