logoEN
cocacola
އިމަޖެންސީގައި ބޭނުންކުރާ ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން ޤާނޫނީ ލަފާދޭނެ ބަޔަކު ހޯދަނީ

އިމަޖެންސީގައި ބޭނުންކުރާ ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން ޤާނޫނީ ލަފާދޭނެ ބަޔަކު ހޯދަނީ

އައިޝަތު އިފާޝާ

logo

3/3/2024, 5:57:59 AM

# ސިއްޙަތު

ހެލިކޮޕްޓަރެއް

އިމަޖެންސީ ހާލަތްތަކުގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ފެށުމަށްޓަކައި ގާނޫނީ ލަފާ ދޭނެ ބަޔަކު ހޯދަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.

ގޮސިޔާ

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފައްޓަވަން ސަރުކާރުން ނިންމެވީ ހެލިކޮޕްޓަރު އުދުއްސުމުގެ ޚިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުނު ކަރުދާހާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ. އެގޮތުން ސަރުކާރުން މިކަން އިއުލާންކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 28 ވަނަ ދުވަހުއެވެ.

ސަރުކާރުން ވިދާޅުވީ މެޑިކަލް އަދި ސާރޗް އެންޑް ރެސްކިއުގެ އިތުރުން އާންމު ދަތުރުތަކަށް ހެލިކޮޕްޓަރު ބޭނުންކުރެވޭނެކަމަށާއި އަދި އާންމު ދަތުރުތައް ކުރަން ޖެހޭނީ ހުއްދަދީފައިވާ ހެލިޕޯޓުތަކުންކަމަށެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ކުރި އިއުލާނުގައި ވިދާޅުވީ، 6 މަސްދުވަހުގެ މުއްދަތަކަށް ދެމިގެންދާނެ މި މަސައްކަތުގެ ދަށުން މަޝްރޫޢުގެ ރިސްކުތަކާއި އިމްޕެކްޓުތައް ދެނެގަންނަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި ހެލިކޮޕްޓަރުގެ އިމަޖެންސީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢު ފެއްޓުމަށް ކަނޑައަޅާފައިވަނީ ޤައުމީ އޭވިއޭޝަން، އޮޕަރޭޝަނަލް، އަދި ކްލިނިކަލް ޝަރުތުތައް ފުރިހަމަވާނަމަކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން މި މަސައްކަތުގެ ސްކޯޕުގެ ތެރޭގައި ހެލިކޮޕްޓަރު ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ކުރާ އިޢުލާނުތައް އެކުލަވާލާ، ލިބޭ ބިޑުތައް ރިވިއު ކުރުމާއި މަސައްކަތަށް ބޭނުންވާ ހުރިހާ ޤާނޫނީ ލިޔެކިޔުންތަކެއް ތައްޔާރުކުރުމުގެ އިތުރުން މަޝްރޫޢުގެ ރަސްމީ އެއްބަސްވުން ތައްޔާރުކުރުން ހިމެނެއެވެ.

އެވުޒާރާއިން ވިދާޅުވީ ބޭނުންވަނީ ޤާބިލު އަދި ތަޖުރިބާކާރު ޤާނޫނީ ކޮންސަލްޓެންސީއެއްކަމަށެވެ. އަދި ކޮންސަލްޓެންސީ ސަރވިސް ޕްރޮވައިޑަރއަށް ޙަވާލުކުރެވޭނީ މި މަޝްރޫޢުގެ ޤާނޫނީ ހުރިހާ ކަންކަމަށް ސަޕޯޓް ދިނުމާއި، ހުރިހާ ކަމެއް ކަށަވަރުކޮށްދިނުމުންކަމަށެވެ. އަދި ޕްރޮސެސްތައް (ޓެންޑަރ ޕްރޮސެސް ހިމެނޭގޮތަށް) ޤާނޫނީ އެންމެ ރަނގަޅު އުޞޫލުގެ ތެރޭގައި ހިމެނޭ ގޮތަށް، އެ ވުޒާރާއިން ބަލަހައްޓަމުން ގެންދާނެކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާއި ހަމައަށެވެ.

ރާއްޖޭގައި ފަށަން ނިންމާފައިވާ ހެލިކޮޕްޓަރުގެ ޚިދުމަތުގައި ބޭނުންކުރާނީ ރައްކާތެރިކަމުގެ މިންގަނޑު އެންމެ މަތީ ހެލިކޮޕްޓަރުތައްކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން މީގެކުރިން ވަނީ ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތްދޭން ސަރުކާރުން ނިންމާފައިވާއިރު، އެކަމުގައި އެންމެ ބޮޑަށް ވިސްނާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމަށެވެ. އެގޮތުން މި ޚިދުމަތުގައި ބޭނުންކުރާނީ އެންމެ ރައްކާތެރި "ޓްވިން އިންޖީން" ހެލިކޮޕްޓަރުކަމަށް ވަޒީރު ވިދާޅުވިއެވެ.

1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 1999 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި ދިޔައީ ހެލިކޮޕްޓަރުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. ހަމިންބާޑުގެ ނަމުގައި އޭރު އޮޮޕަރޭޓްކުރަމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ އޭރު ދިމާވި ހިތާމަވެރި ހާދިސާތަކެއްގެ ސަބަބުންނެެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ