
.
ހަމަހިމޭން ކޮޓަރިއެއްގައި ތިބާ އިށީނދެލައިގެން އިންނަ މަންޒަރު ހިތަށް ގެންނާށެވެ. ވަށައިގެން އެއްވެސް މީހަކު އަދި ކުރާނެ ކަމެއް ވެސް ނެތެވެ.

އެގޮތަށް އެކަނިވެރިވާ ވަގުތުތަކުގައި ފޯނާއި ކުޅުމުގެ ބަދަލުގައި އަމިއްލަ ނަފްސު ފޫހިކަމުގެ އިހުސާސުގެ ތެރެއަށް ގެނބިގެންދިއުމުގެ ފުރުސަތު ދޭށެވެ. ފޯނާއި ކުޅުމަށްވުރެ ފޫހިވުން މާ ރަނގަޅެވެ. ތަޖުރިބާކާރުން ބުނަނީ ފޫހިވުމަކީ މީހާގެ އުފެއްދުންތެރިކަމުގެ ގާބިލުކަން އަންލޮކް ކުރުމަށް އެހީތެރިވެދޭ ކަމެއް ކަމަށެވެ.
ސައިކޮލޮޖިސްޓް އަދި ކައުންސެލަރު ޝީނާ ސޫދު ވިދާޅުވި ގޮތުގައި ފޫހިވުމަކީ ދެނެގަންނަން ފަސޭހަ އަދި މާނަ ކުރަން އުނދަގޫ ކަމެއް ކަމަށެވެ. ފޫހިވުމަކީ ބަދަލަކަށް ދޭ ސިގްނަލެއްކަމަށެވެ.
އެގޮތަށް ދިމާވަނީ މިހާރު ކުރަމުންދާ ކަމަކުން ނުވަތަ ހިނގަމުންދާ ހަރަކާތަކުން އަމިއްލަ ނަފުސަށް އެއްވެސް ކަހަލަ ހިތްހަމަޖެހުމެއް ނުލިބޭ އަދި އެކަމުގެ މުހިންމުކަން ގެއްލިފައިވާ ކަމުގެ އިހުސާސްކުރެވުން ކަމަށެވެ.
އަދި ފޫހިވުމުގެ ސަބަބުން, ނޭނގި ހުރެ އަހަރުމެންގެ "ކޮމްފޯޓް ޒޯން" އިން ނުކުމެވި, ސިކުނޑިއަށް ހިތްވަރު ލިބޭ ފަދަ ކަންކަމުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއެވެ. އެކަމުގެ ސަބަބުން އަމިއްލަ ފަރުދީ ކުރިއެރުމާއި އަމިއްލަ އުފެއްދުންތެރިކަން އިތުރުކޮށްދެއެވެ.
ފޫހިވުމަކީ އާ ތަޖުރިބާތައް ހޯދުމާއި އާ ކަންކަން ދަސްކޮށް، ތަފާތު ވިސްނުންތައް ހޯދުމުގެ ބޭނުންތެރިކަން އިހުސާސްކޮށް، އޭގެ ނަތީޖާއެއްގެ ގޮތުން ފަރުދީ ކުރިއެރުމަށް މަގުފަހިވާ ކަމެކެވެ.