logoEN
cocacola
ރައީސް ޔާމީން ހަވާލުކުރި ފައިސާ ގުނީ ވަކިވަކިން ނޫން، ގުނީ ބޮނޑީގެ އަދަދުތައް - ދިފާއީ ހެކިވެރިޔާ

ރައީސް ޔާމީން ހަވާލުކުރި ފައިސާ ގުނީ ވަކިވަކިން ނޫން، ގުނީ ބޮނޑީގެ އަދަދުތައް - ދިފާއީ ހެކިވެރިޔާ

އައިޝަތު އިފާޝާ

logo

9/10/2022, 1:20:58 PM

# ރައީސް ޔާމީން# އެމްއެމްޕީއާރުސީ ޚިޔާނާތް

l_2019_11_28_023548_lzubdrqe19xymn82i5og76cstjak3fvwph4_EN_

ޔޫސުފް ނައީމާ ހަވާލުކުރުމަށް ރައިސް އަބްދުﷲ ޔާމީން ހަވާލުކުރި ފައިސާ ގުނީ ވަކިވަކި ނޫޓަކުން ނޫން ކަމަށާއި ގުނީ ފައިސާ ބޮނޑީގެ އަދަދު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއުގައި ހުށަހެޅި ހެކިވެރިޔާ ހެކިބަސްދީފިއެވެ.

ގޮސިޔާ

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެއްކެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން ހެކިބަސް ދީފައިވަނީ ޔޫސުފް ނައީމަށް ފައިސާ ހަވާލު ކުރުމަށް އަހުމަދު ނަރީޝްއާއެކު ދިޔަ އަބްދުﷲ ރަޝީދެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސްދެމުން އަބްދުﷲ ރަޝީދު ބުނެފައިވަނީ އޭނާ ރައީސް ޔާމީނާއި ޔޫސުފް ނައީމް ދަންނަ ކަމަށާއި، ޔާމީނަކީ ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އެގޮތުން ޔާމީން ބުނެގެން ފައިސާ ޖަމާކުރުމަށާއި، ފައިސާ ނެގުމަށް އަދި އެކި މީހުންނަށް ފައިސާ ހަވާލުކުރުމަށް ގޮސްފައިވާނެ ކަމަށް ހެކިބަސްދީފައިވެއެވެ. ހެކިވެރިޔާ ބުނެފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޔާމިން ވިދާޅުވެގެން ފައިސާގެ ކަމެއްގައި ބައްދަލުކޮށްފައިވާނެ ކަމަށެވެ.

ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ ޔާމީން ބުނެގެން ގ. ދޫވެއްސަށް ދިޔަ ކަމަށާއި، އަދި 1 މިލިއަން ޑޮލަރަށްވާ 15 މިލިއަން 4 ލައްކަ 20 ހާއްސަ ރުފިޔާ ޔާމީންގެ ހާޒިރުގައި ގުނާފައިވާ ކަމަށެވެ. އެފައިސާ ގުނީ ނަރީޝާ ދެމީހުން އަތުން ކަމަށާއި ފައިސާ ހުރީ ގ. ދޫވެހީގެ ސިޓިންރޫމްގައި ދަބަހެއްގައި ކަމަށް ހެކިބަސްދީފައިވެއެވެ.

އަދި އެ ފައިސާ އަތުން ގުނީ ވަކިވަކި ނޫޓުން ނޫން ކަމަށާއި، ގުނީ ފައިސާ ބޮނޑީގެ އަދަދު ކަމަށް ހެކިބަސް ދީފައިވެއެވެ. ފައިސާ ގުނުމުން 1 މިލިއަން ޑޮލަރަށްވީ ފައިސާ ހަވާލުކުރާ ކަމަށް ލިޔެފައިވާ ލިޔުމުގައި ޔާމީން ސޮއި ކުރެއްވި ކަމަށް ހެކިބަސް ދީފައިވެއެވެ. އަދި އެދަބަހުގައި ހުރީ ކިހާ އަދަދެއްގެ ފައިސާ ބޮނޑިކަން ހަނދާން ނެތްކަމަށް ހެކިބަސްދީފައިވެއެވެ.

ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ، 1 މިލިއަން ޑޮލަރަށްވާ ފައިސާ ޔޫސުފް ނައީމާ ހަވާލު ކުރުމަށް ދިޔައީ ނަރީޝާ އެކު ކަމަށާއި، އެ ފައިސާ ޔޫސުފް ނައީމާ ހަވާލު ކުރުމުން ފައިސާ ލިބުނުކަމަށް ލިޔުމުގައި ޔޫސުފް ނައީމް ސޮއި ކޮށްފައިވާ ކަމަށެވެ.

މީގެއިތުރުންވެސް ހެކިބަސް ދެމުން ހެކިވެރިޔާ ބުނެފައިވަނީ، ޔޫސުފް ނައީމް އުޅުނީ ކޮން ނަމެއްކިޔާ ގެއެއްގައިކަން ހަނދާން ނެތް ކަމަށާއި، އެ ގެޔަށް ވަތް ގޮތެއް ހަނދާނެއް ނެތް ކަމަށެވެ. ހެކިވެރިޔާ ހެކިބަސްދެމުން ބުނެފައިވަނީ ޔާމީން ދަންނަވައިގެން ކުރެއްވި އެހެން ފައިސާގެ މުއާމަލާތްތައް ހަނދާނެއް ނެތް ކަމަށާއި، އަދި ދޫވެއްސަށް އައުމަށްއެދި ޔާމީން ގުޅިއިރު ހުރި ތަނެއް، އަދި ގުޅި ވަގުތެއް ހަނދާނެއްނެތް ކަމަށެވެ.

މީގެއިތުރުން ދޫވެހީގައި ހުރި ފައިސާ ގުނީ ކޮޅަށް ހުރެކަން ނުވަތަ އިޝީންދެ އިނދެކަންވެސް ހަނދާނެއް ނެތް ކަމަށާއި، އަދި އެ ފައިސާ ހުރީ މިހާރުގެ ނޫޓުންތޯ ނުވަތަ ކުރީގެ ނޫޓުންތޯ ހަނދާނެއް ނެތް ކަމަށްވެސް ހެކިވެރިޔާ ހެކިބަސްދީފައިވެއެވެ.

ވ. އާރަށުގެ މައްސަލައިގެ ޝަރިއަތުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދުގެ ޝަރީއަތުގައި ތިން ހެއްކެގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ