logoEN
cocacola
ބްރިޖު ހުޅުވުން ކެންސަލް ކުރަން ޔާމީނު އުޅުއްވި - ރައީސް

ބްރިޖު ހުޅުވުން ކެންސަލް ކުރަން ޔާމީނު އުޅުއްވި - ރައީސް

އަހުމަދު ޝުރާއު

logo

8/30/2024, 4:25:28 PM

# ރައީސް ޔާމީން

ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިޔަށް ދިޔަ ދުވަސްވަރު ރައީސް މުއިއްޒު އާއި އޭރުގެ ރައީސް ޔާމީން ބްރިޖު ސައިޓުގައި

ސައިކަލަށް ވަކި ލޭންއެއް ނެތް ކަމަށްބުނެ އެކަމާއި ހިތްހަމަނުޖެހި ބްރިޖު ހުޅުވުން ކެންސަލް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތް ކުރެއްވިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރައީސް މިފަދައިން ވިދާޅުވީ މިރޭ ސަންގު ޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެވެ. ރައީސް މިކަން ހާމަކުރެއްވި އިރު ކުރީގެ ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ނުފޫޒުން ބްރިޖުން އެއް ލޭން މަދުކޮށްފައިވާ ކަމަށް ވިދާޅުވީ ރައީސްގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި އެވެ. ރައީސް މުއިއްޒު އަކީ ސިނަމާލެ ބްރިޖު މަޝްރޫއު ކުރިޔަށް ދިޔައިރު ރައީސް ޔާމީން ސަރުކާރުގެ އިންފްރާސްޓްރަކްޗަރ މިނިސްޓަރެވެ.

ޔާމީންގެ ތުހުމަތުތަކަށް ފުރަތަމަ ފަހަރަށް ރައްދުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ބްރިޖުގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ގާތްގަނޑަކަށް 40 މެމްބަރުން ތިބި ބްރިޖު ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ސައިކަލު ދުއްވުމަށް ވަކި ލޭނެއް އޮންނަން ޖެހޭނެކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެކަމަކީ ސިނަމާލެ ބްރިޖުގެ މަޝްރޫއު އިންފްރާސްޓަރަކްޗަރ މިނިސްޓްރީއާއި ހަވާލުކުރި އިރުވެސް ޕްލޭން ކުރެވިފައި އޮތް ކަމެއް ނޫން ކަމަށާއި އެކަންކަން ލިޔެކިޔުމުން ފެންނަން މިހާރުވެސް ހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް ހެވީ ވެހިކަލްއާއި، ސައިކަލު ލޭނެއް އޮއްވައި ވަކިން އެ އިންތިޒާމު ހަމަޖެއްސޭނެ ގޮތެއް ނެތްކަމަށް ޔަމީންއަށް ވިދާޅުވުމުން ޔާމީން ބޭނުންފުޅުވީ ބައިސްކަލް/ޕެޑެސްޓްރިއަން ލައިން ސައިކަލު ވަކި ލޭނަކަށް ބަދަލު ކުރުމަށްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީން ވިދާޅުވާކަމަކަށް އެއްވެސް ވަޒީރަކު ދެކޮޅު ހެދުމަށް ބޭނުން ނުވާތީ އެ ލޭނުގައި ސައިކަލު ދުއްވޭތޯ ފިޒިކަލީވެސް ބަލާފައިވާނެކަމަށް ޔާމީންއަށް ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ.

މިއާއި އެކު އެކަމާއި ކޯފާވެވަޑައިގެން ބްރިޖު ހުޅުވުން ކެންސަލް ކުރެއްވުމަށް ނިންމަވައި އެކަން އެބައްދަލުވުމުގައި ތިއްބެވި ފަރާތްތަކަށް ޔާމީން އެންގެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ އެނިންމުން ބަދަލުކުރެއްވީ ބައްދަލުވުމަށްފަހު އެެމަނިކުފާނަށް ވަކިން ގުޅުއްވައި މަޝްވަރާކުރެއްވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ