
މުނައްވަރަކީ ނަޒާހާތްތެރި ބޭފުޅެއް، ކޮމިޝަނަށް ނުފޫޒު ފޯރުވާން އޭނާ ފުރުސަތެއް ނުދެއްވާނެ - ޔާމީން
# ޑރ މުނައްވަރު# ރައީސް ޔާމީން--
މާލޭގެ އިމާރާތަކުން ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަޙްޤީޤުކުރުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އައްޔަންކުރެވުނު ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު، މި މައްސަލަ އެއްވެސް ނުފޫޒަކާ ނުލައި ބައްލަވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެފްއިން މިރޭ ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރައިށް ޔާމީން މިރޭ ވަނީ ޔުމްނުގެ ޢާއިލާއާ ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައި އެވެ.ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި މައްސަލައިގެ ފުންމިނަށް ދިއުމަށް އުފެއްދެވި ރިޔާސީ ކޮމިޝަނަށް އިތުބާރުކުރައްވާ ކަމަށާއި، ކޮމިޝަނުގެ ރައީސްގެ މަޤާމުގައި ހުންނެވި ޑރ. މުނައްވަރަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ.އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ފާހަގަކުރެއްވީ، ޑރ. މުނައްވަރަކީ އެމަނިކުފާނުގެ ގާތް ރަޙްމަތްތެރިއެއް ކަމަށާއި، ސަރުކާރުގެ ފަރާތުންނާއި އެހެނިހެން ފަރާތްތަކުން އަތުވެދާނެ ނުފޫޒުތަކަށް ބޯނުލަނބުއްވާނެ ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ޑރ. މުނައްވަރު ފުރުޞަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިއާއިއެކު މި މައްސަލައިގެ ތަޙްޤީޤު ރިޔާސީ ކޮމިޝަނުން ވަރަށް ނަޒާހަތްތެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެިއެވެ.ރައީސް ޔާމީން ވަނީ، ކޮމިޝަނުން މިއަދު ހުޅުވާލި ޕޯޓަލްއަށް މި ކަމާ ގުޅޭ މަޢުލޫމާތު އެނގިވަޑައިގަންނަވާ ފަރާތްތަކުން އެ މަޢުލޫމާތު ހިއްސާކޮށްދެއްވުމަށްވެސް އެދިފައި އެވެ.