logoEN
cocacola
1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަން ޔާމީން ގުޅި - މުހައްމަދު އިސްމާއިލް

1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަން ޔާމީން ގުޅި - މުހައްމަދު އިސްމާއިލް

އައިޝަތު އިފާޝާ

logo

9/10/2022, 1:45:55 PM

# ރައީސް ޔާމީން# އެމްއެމްޕީއާރުސީ ޚިޔާނާތް

1503132061

ބޭންކް ރޭޓުން 1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދުމަށް އެދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގުޅުއްވި ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހެކިބަސްދީފިއެވެ.

ގޮސިޔާ

ވ. އާރަށުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީމ މަނީލޯންޑަރިންގެ ދައުވާގެ އިތުރުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. ޔާމީންގެ އިތުރުން މި މައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައެވެ. އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު ކުރިއަށްގެންދިޔަ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ދިފާއުގައި ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މުހައްމަދު އިސްމާއިލްއަކީ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ނެގި ދެވަނަ ހެކިވެރިޔާއެވެ.

ހެކިބަސް ދެމުން މުހައްމަދު އިސްމާއިލް ބުނެފައިވަނީ، އެއްދުވަހު ޔާމީން ގުޅުމަށްފަހު ބޭންކް ރޭޓްގައި 1 މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދުމަށް އެދުނު ކަމަށެވެ. އަދި ޔާމީން އެގޮތަށް އެދުމުން އެކި މީހުންނަށް ގުޅި ކަމަށާއި، އެގޮތުން ޔޫސުފް ނައީމަށްވެސް ގުޅި ކަމަށެވެ. އެގޮތުން މީހުންނަށް ގުޅަމުން ދިޔައިރު، ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު އަރިހުގައި ހުންނެވި ކަމަށްވެސް ހެކިބަސްދީފައިވެއެވެ.

މުހައްމަދު އިސްމާއިލް އިތުރަށް ބުނެފައިވާ ގޮތުގައި، އޭގެ ދެ ދުވަހެއްފަހުން ޔޫސުފް ނައީމް ގުޅުމަށްފަހު، ރައީސް ޔާމީނަށް ނަމަ ބޭންކް ރޭޓްގައި ޑޮލަރު ވިއްކާނެ ކަމަށް ބުނި ކަމަށެވެ. އަދި އެ މުއާމަލާތް ނިމުނުފަހުން، ނަގުދުކޮށް އެ ފައިސާ ލިބުނު ކަމަށް ޔޫސުފް ނައީމް ބުނި ކަމަށްވެސް މުހައްމަދު އިސްމާއިލް ހެކިބަސް ދީފައިވެއެވެ.

ވ. އާރަށުގެ މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދުގެ ޝަރީއަތުގައި ތިން ހެއްކެއްގެ ހެކިބަސް ނެގުމަށް ހަމަޖެހިފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ