ޗެމްޕިއަންސް ލީގް: ރިޗާލިސަންގެ ދެ ގޯލާއެކު ޓްޓެންހަމް މޮޅުވެއްޖެ
އަހުމަދު މާހު
9/8/2022, 10:06:33 AM
SEI123810164
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ރޭ ރިޗާލިސަންގެ ގެ ގޯލުން ޓްޓެންހަމް މޮޅުވެއްޖެ އެވެ.
ދަނޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލްގެ މައްޗަށް ކުރިހޯދައި ނަޕޯލީން ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
ޓޮޓެންހަމް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ޓޮޓެންހަމް އިން ދިޔައީ މާސެލޭގެ ގޯލައް ބާރުބޮޑުކޮށް ހަމަލާ އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.
މި މެޗުގެ ފުރަތަމަ ހާފްގައި ޓޮޓެންހަމްގެ ފަރާތުންވެސް ހަަަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައި ވާއިރު، ފުރަތަމަ ހާފު ނިންމާލ ޖެހުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.
އެގޮތުން ދެވަނަ ހާފުފެށިގެން ދެވަނަ މިނުޓުގައި ޓޮޓެންހަމްގެ ސަން އަށް ކުރި ފައުލް އަކާ ގުޅިގެން އެމްބެމްބާ ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މި ރަތްކާޑާ އެކު މާސެލޭ ކުޅެމުން ދިޔައީ 10 ކުޅުންތެރިންނާ އެކީގައެވެ.
ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، މުޅި މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. މިގޮތުން ޓޮޓެންހަމް އިން މެޗުގައި ޖެހި ފުތަރަމަ ގޯލު 76 ވަަނަ މިނުޓުގައި ކާމިޔާބުކޮށްދިނިި ރިޗާލިސަންއެވެ. އަދި ޓޮޓެންހަމް އަށް ލީޑު ފުޅާކޮށްދިން ގޯލުވެސް 81 ވަނަ މިނުޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ރިޗާލުސަންއެވެ.
ޗެމްޕިއަންސް ލީގުގައި ޓްޓެންހަމް އަދި މާސެލޭ ހިމެެނެނީ ކްލަބް ސްޕޯޓިން ސީޕީ އަދި ފްރެންފާޓްއާ އެއް ގްރޫޕެއްގައެވެ.