ޗެމްޕިއަންސް ލީގް: ބާސާއިން ވިކްޓޯރިއާ ޕިޒެން ބަލިކޮށްފި
އަހުމަދު މާހު
9/8/2022, 11:30:51 AM
3449128-70367728-2560-1440
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ވިކްޓޯރިއާ ޕިޒެން އަތުން ބާސެލޯނާ މޮޅުވެއްޖެއެވެ. ބާސާއިން މި މެޗުގައި ވިކްޓޯރިއާ ޕްލެޒެން ބަލިކުރީ 5-1 އިންނެވެ.
އަމިއްލަ ދަނޑުގައި ބާސާއިން ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.
މިގޮތުން ބާސާ އިން މެޗުގެ ފުރަތަމަ ގޯލް ޖެހީ 13 ވަނަ މިނެޓުގައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ކެސީއޭ އެވެ މި ގޯލަށްފަހުވެސް ބާސާ އިން މޮޅަށް ކުޅެ، 34 ވަނަ މިނެޓުގައި ލެވަންޑޯސްކީގެ ލަނޑުން ވަނީ ލީޑު ފުޅާ ކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޕިޒެން ވިކްޓޯރިއާގެ ހަމައެކަނި ގޯލު ޖެހީ ޔާން ސީކޯރާއެވެ.
ފުރަތަމަ ހާފްގެ ނިމެން ކައިރި ވެފައިވަނިކޮށް ލެވަންޑޯސްކީ ވަނީ ބާސާގެ ތިން ވަނަ ލަނޑު ޖަހާފައެވެ. މި ގޯލާއެކު ފުރަތަމަ ހާފް ނިމިފައި ވަނީ 1-3 އިން ބާސާ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފް ފެށިގެން ބާސާ އިން އެޓީމުގެ ކުޅުން ވަރުގަދަކޮށް ، 67 ވަނަ މިނެޓުގައި ވަނީ ލެވަންޑޯސްކީ ކާމިޔާބު ކުރި ގޯލުން ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. މި ގޯލާއެކު ލެވަންޑޯސްކީ ވަނީ ބާސާގައި އޭނާގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. އަދި މެޗުގައި ބާސާގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ 71 ވަނަ މިނެޓުގައި ފެރާން ޓޮރޭޒްއެވެ.
ލެވަންޑޮސްކީގެ ހެޓްރިކްއާ އެކު އޭނާ ވަނީ ޗެމްޕިއަންސްލީގުގެ ތަފާތު 3 ޓީމަކަށް ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އަށް ވެފައެވެ.
މި ގްރޫޕްގައި ބާސާ އަދި ޕިޒެންގެ އިތުރުން ހިމެނެނީ އިންޓަ މިލާން އަދި ބަޔާން މިއުނިކްއެވެ.