logoEN
Sto top
މިރޭގެ ބޮޑު ފައިނަލް: ގިނަ ތަރިން ބުރަވަނީ މެޑްރިޑް ކޮޅަށް، ނަތީޖާ ދިމާވާނެބާ؟

މިރޭގެ ބޮޑު ފައިނަލް: ގިނަ ތަރިން ބުރަވަނީ މެޑްރިޑް ކޮޅަށް، ނަތީޖާ ދިމާވާނެބާ؟

# ޗެމްޕިއަންސް ލީގް

ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރާ ދެ ޓީމު

ކްލަބް ފުޓްބޯޅައިގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ޗެމްޕިއަންސް ލީގުގެ ފައިނަލުން މޮޅުވާނީ ރިއަލް މެޑްރިޑް ކަމަށް ބޭރު ދުނިޔޭގެ ގިނަ ފުޓްބޯޅަ ތަރިން ބުނެފިއެވެ.

Wamco

މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގައި ވާދަކުރާނީ އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމުގައިވާ ސްޕެއިންގެ ރެއަލް މެޑްރިޑްގެ އިތުރުން ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއެވެ. މި ދެ ޓީމު ބައްދަލުކުރާ މެޗު އޮންނަނީ އިނގިރޭސިވިލާތުގެ ވެރިރަށް، ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

މިރޭގެ މެޗާއެކު އެ މެޗުގެ ފޯރި މީސް މީޑިޔާ އަދި އެ ނޫންވެސް މަންސަތަކުގައި ގަދަވާން ފަށާފައިވާއިރު، އެ މެޗުން މޮޅުވާނެ ޓީމަކާ މެދު އޮންނަ ބަހުސް ވެސް ވަނީ އިތުރަށް ހޫނުވާން ފަށާފައެވެ. އެގޮތުން ބޭރު ދުނިޔޭގެ ކުޅިވަރުގެ ޚަބަރުތައް ގެނެސްދޭ ނޫހަކުން ވަނީ މިރޭގެ ފައިނަލުން މޮޅުވާނީ ކޮން ޓީމެއްތޯ ދުނިޔޭގެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ގާތުން އަހާފައެވެ.

އެގޮތުން އެ ސުވާލު އަމާޒުކުރެކުވުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ބްރެޒިލްގެ ލެޖެންޑު ރިވަލްޑޯ، ކަފޫ އަދި ކަކާގެ އިތުރުން، ޕޯޗުގަލްގެ ލެޖެންޑް ފީގޯ، އާޖެންޓީނާގެ ލެޖެންޑު މަޝަރާނޯ، ފަރާންސުގެ ލެޖެންޑު ޕިއާސް، ނެދަލޭންޑްސްގެ ލެޖެންޑް ސްނައިޑާ، ބެލްޖިއަމްގެ ލެޖެންޑް ބާބަޓޯވް އަދި ގާނާގެ ލެޖެންޑް އެސިއެން ވެސް ހިމެނެއެވެ.

އެ ކުޅުންތެރިންގެ ތެރެއިން ރިވަލްޑޯ، ބާބަޓޯވް އަދި މަޝެރާނޯ ބުރަވާ ގޮތުގައި މިރޭގެ މެޗުން މޮޅުވާނީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓްމަންޑްއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ތަރިންނަކީ ރިއަލް މެޑްރިޑްގެ ވާދަވެރި ބާސެލޯނާއަށް ސަޕޯޓުކުރާ ތަރިންނެވެ. އެ ކުޅުންތެރިންގެ ތެރެއިން ބާބަޓޯވް ފިޔަވައި ދެން ތިބި ދެ ތަރިންނަކީ މީގެ ކުރިން ބާސެލޯނާއަށް ކުޅުނު ދެ ކުޅުންތެރިން ވެސް މެއެވެ.

އެހެން ނަމަވެސް ދެން ތިބި ގިނަ ތަރިން ދެކޭ ގޮތުގައި މިރޭގެ މެޗުން މޮޅުވާނީ ރިއަލް މެޑްރިޑްއެވެ. އެގޮތުން މެޑްރިޑްއަށް ކުޅުނު ތަރިން ކަމުގައިވާ ފީގޯ، ކަކާ ފަދަ ކުޅުންތެރިން މެޑްރިޑް ކޮޅަށް ބުރަވާއިރު، އެސިއަން، ޕިއާސް އަދި ސްނައިޑާ ވެސް ބުރަވަނީ މެޑްރިޑް ކޮޅަށެވެ.

ސުވާލު އަމާޒުކުރެވުނު ތަރިންގެ ތެރެއިން މެޗު އެއްވަރުވާނެ ކަމަށް ބުނީ ކަފޫ އެކަންޏެވެ. އެހެން ނަމަވެސް ފައިނަލެއްގައި ކޮންމެވެސް އެއްޓީމެއް މޮޅުވާނެ ކަމީ ޔަގީންކަމެކެވެ.

ކޮންމެއަކަސް މިރޭގެ މެޗުގެ ފޯރި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގަދަވެފައިވާއިރު، ދިވެހީންގެ މެދުގައި ވެސް އެ މެޗުގެ ފޯރި ވަރަށް ގަދަވާނެއެވެ. މިރޭ ވަކިން ޚާއްސަކޮށް ކެފޭ އަދި ރެސްޓޯރަންޓްތަކުގައި މެޗުގެ ފޯރި ވަރަށް ގަދަވާނެ ކަމަށް ބެލެވޭއިރު، އެ މެޗަށް ގިނަ މީހުން ތިބީ ކެތްމަދުވެފައެވެ. މޮޅުވާނެ ޓީމެއް ނިންމަން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside