logoEN
Sto top
އުނގޫފާރު ޔުޓިލިޓީ ޚިދުމަތްތައް ފެނަކައިން ހަވާލުވުމަކީ ކާމިޔާބީއެއް - ސައީދު

އުނގޫފާރު ޔުޓިލިޓީ ޚިދުމަތްތައް ފެނަކައިން ހަވާލުވުމަކީ ކާމިޔާބީއެއް - ސައީދު

އަހުމަދު މާހު

logo

9/8/2022, 8:14:03 AM

# އަހްމަދު ސައީދު# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

viber_image_2022-09-07_20-04-13-378

ރ. އުނގޫފާރުގެ ޔުޓިލިޓީ ޚިދުމަތްތައް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާ ހަވާލުވުމަކީ އެކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

Wamco

ސައީދު މިހެން ވިދާޅުވެފައިވަނީ، އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފެނަކައާއި ހަވާލުކޮށް ރަސްމީކޮށް އެޚިދުމަތް ފެނަކައިން އެރަށުގައި ދޭން ފެށުމާއި ގުޅިގެންނެވެ.

އެގޮތުން ސައީދު ވިދާޅުވީ، އުނގޫފާރު ގެ ޔުޓިލިޓީ ޚިދުމަތްތައް އެކުންފުންޏާއި ހަވާލުވުމަކީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށާއި، އެއީ އުނގޫފާރު ރައްޔިތުންނަށްވެސް ލިބިގެން ދިޔަ އުފަލެއް ކަމަށެވެ. އަދި އެކަމަކީ އެމަނިކުފާނަށް ލިބުނު ކާމިޔާބީއެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

View post on Twitter

ފެނަކައިން އުނގޫފާރު ޔުޓިލިޓީ ޚިދުމަތްތަކާ ހަވާލުވުމާއެކު އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު ވަނީ ރަށަށް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside