
ކެންދޫ ކަރަންޓު މައްސަލަ ހައްލުކުރުމަށް 400 ކވ ގެ ޖަނަރޭޓަރު ސެޓެއް ފޮނުވަނީ، 48 ގަޑިއިރުގެ ތެރޭގައި ދާއިމި ހައްލެއް ލިބޭނެ - ފެނަކަ
# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް--
ބ ކެންދޫއަށް ކަރަންޓު ދެމުން ދިޔަ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އެރަށުން އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން ދިމާވި މައްސަލައަށް ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެަނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކެންދޫގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވެފައިވަނީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުން ދިޔަ 400 ކވ ގެ ދެ ޖެނެރޭޓަރާއި 250 މވ ގެ ޖެނެރޭޓަރުގެ ތެރެއިން 400 ކވ ގެ ޖެނެރޭޓަރު ސެޓަށް އަޑީތެލާއި ފެން އެއްވާ މައްސަލައެއް ދިމާވުމުގެ ސަަބަބުން ކަމަށެވެ.
އަދި މި މައްސަލަ ފާހަގަވުމާއިއެކު ހެޑް އޮފީހުން ޓެކްނިކަލް ޓީމެއް އެރަށް ގޮސް އެ ޖެނެރޭޓަރ ސެޓު އޯވަރހޯލްކުރި ކަމަށާއި ނަމަވެސް އޯވަހޯލްކޮށް ހިއްގަންފަށައި 15 ދުވަހު އޮޕަރޭޓްކުރެވިފައިވަނިކޮށް އިތުރު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ޖެނެރޭޓަރު ސެޓް ބޭނުން ނުކުރެވި ނިއްވާލަން ޖެހުނު ކަމަށެވެ.
ބާކީ ހުރި ދެ ޖެނެރޭޓަރ ސެޓުން ރަަށަށް ބޭނުންވާ މެކްސިމަން ލޯޑު ނުދެވޭތީ ބައެއް ފީޑަރތަކުން ކަރަންޓު ކަނޑަން ޖެހުނުކަން ފާހަގަކޮށް ފެނަކައިން ބުނީ މި މައްސަލަތަކަށް ވީހާވެސް އަވަށް ހައްލެއް ގެނައުމަށްޓަކައި އެ ކުންފުނިން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ރޭގެ ވަގުތެއްގައި ޓެކްނިކަލް ޓީމެއް އެރަށް ފޮނުވައި ވަގުތީ ހައްލެއް ގެނެވި ރޭ ދަންވަރު 1:15 ހާއިރު މުޅި ރަަަށަށް ކަރަންޓު ދީފައިވާ ކަމަށެވެ.
އަދި މިއަދުގެ ވަގުތެއްގައި 400 ކވ ގެ އައު ޖެނެރޭޓަރ ސެޓެއް އެރަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް 48 ގަޑިއިރުގެ ތެރޭގައި އެރަށަށް ދިމާވެފާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެ ލިބިގެންދާނެ އެވެ.
ގުޅުންހުރި

އައްޑޫއިން ކަރަންޓު ކެނޑުނީ ބޮޑު އެއް ޖެނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މައްސަލަ ހައްލުކޮށް ހުރިހާ ރަށަކަށް ކަރަންޓުދީފި

ހިންނަވަރުގައި އަލަށް ހިއްކި ސަރަހައްދަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަޝްރޫޢު ފެނަކައާއި ހަވާލުކޮށްފި

ކޮރަޕްޝަންގެ ކުށް ސާބިތުވެ ސައީދުއަށް 4 އަހަރުގެ ޖަލު ހުކުމެއް!





