
960x0
އެޕަލްގެ ސްޓާ ޕްރޮޑަކްޓް، އައިފޯން އިންޑިއާގައި އުފައްދަން ނިންމަައިފި އެވެ.

އެޕަލް އިން ބުނާ ގޮތުގައި އެ ކުންފުނީގެ ސަޕްލައި ޗެއިންތައް ޗައިނާއާ ދުރުގައި ޑައިވަރސިފައި ކުރަމުން އަންނައިރު، އިންޑިއާގައި އައިފޯން 14 އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.
އެ ކުންފުނިން ޗައިނާގައި ގިނަ ފޯނުތައް އުފައްދާ ނަމަވެސް ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު ނުތަނަވަސްކަން އިތުރުވާން ފަށާފައިވާތީ އެ ކުންފުނިން ވަނީ ގައުމުން ބޭރުގައި ބައެއް އުފެއްދުންތައް ބަދަލުކޮށްފަ އެވެ.
ޓެކްނޮލޮޖީގެ ބޮޑު ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން މި މަހުގެ ކުރީކޮޅު ވަނީ ދައްކާލާފަ އެވެ.
"އައިފޯން 14 ގެ އާ ލައިންއަޕް ގައި ބިންގާ އެޅި އާ ޓެކްނޮލޮޖީތަކާއި ރައްކާތެރިކަމުގެ މުހިންމު ގާބިލްކަން ތައާރަފުކޮށްފި. އިންޑިއާގައި އައިފޯން 14 އުފެއްދުމުގެ މަސައްކަތް ކުރަން އަޅުގަނޑުމެން މިތިބީ ވަރަށް ހިތްހަމަޖެހިފައި،" އެޕަލް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެޕަލްގެ ގިނަ ފޯނުތައް އުފައްދާ ޓައިވާންގެ ފޮކްސްކޯން ކުންފުނިން 2017 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫގައި އޮޕަރޭޝަނެއް ކޮށްފައިވާއިރު، އެ ކުންފުނިން ވަނީ މި ފޯނުތަކުގެ ދުވަސްވީ ވާޝަންތައް ވެސް އުފައްދާފަ އެވެ.
އިންޑިއާއަށް ބެޓް ކޮށްގެން އެޕަލް އިން ވެސް ބަލަނީ އެ ގައުމުގައި އެ ކުންފުނީގެ ފުޓްޕްރިންޓް އިތުރު ކުރުމަށެވެ. މިދިޔަ އަހަރާ ހަމައަށް އެކުންފުނީގެ މާކެޓް ޝެއަރ ހުރީ ގާތްގަނޑަކަށް 4% ގައެވެ.
އިންޑިއާގެ ސްމާޓްފޯން މާކެޓުގައި އަދިވެސް ޑޮމިނޭޓް ކުރަމުން އަންނަ ދެކުނު ކޮރެއާ އާއި ޗައިނާގެ ސްމާޓްފޯނުތަކާ ވާދަކުރަން އެމެރިކާގެ ބޮޑު ކުންފުންޏަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފަ އެވެ.
އެކަމަކު އިންޑިއާގައި މެނުފެކްޗަރިންގެ މާނައަކީ އެ ގައުމުގައި އެ ފޯނުތައް އަގުހެޔޮވާނެ ކަމަކަށް ނޫނެވެ؛ ސަބަބަކީ ކޮމްޕޯނަންޓްތަކާއި އެހެނިހެން ޓެކްސްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުވުމުންނެވެ.




