
URI8112
ބިދޭސީނަށް މިނިމަމް ވޭޖް ދިނުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އެވެ. ޖަމްޝީދު މި އިސްލާހު ހުށަހެޅުއްވީ ދުނިޔެެއަށް މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް އޭގެ ނޭދެވޭ އަސަރު ކޮށްފައިވާތީ އެކަމަށް ރިޢާޔަތްކޮށެވެ.
މި އިސްލާހުގައި ބިދޭސީ މަސައްކަތްތެރިންނާއި ގުޅޭގޮތުން ވަޒީފާދޭ ފަރާތްތަކުން އަމަލު ކުރަން ލާޒިމް ކޮށްފައިވާ ދެ އަހަރުގެ މުއްދަތަށް ބަދަލު ގެނައުމަށް ވަނީ ހުށަހަޅާފައެވެ. އެކަން ކުރުމުގެ މުއްދަތެއް ޤާނޫނުގައި ބަޔާން ކުރުމުގެ ބަދަލުގައި އެކަން ކުރަން ލާޒިމް ވާނީ ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ޤައުމުގެ ފުދުން ތެރިކަމާއި އުފެއްދުންތެރިކަމަށް ރިޢާޔަތްކޮށް މިނިމަމްވޭޖް އެޑްވައިޒަރީ ބޯޑުން ދޭ ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތީން މިނިސްޓަރު ކަނޑައަޅައި އާންމުކުރާ ތާރީޚެއްގައިކަމަށްވެސް އެ އިސްލާހުގައި ބުނެފައިވެއެވެ.
ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒިފަކަށް ދެވޭ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ޤާނޫނަށް އިސްލާހު ގެނައިރު، ބިދޭސީ މުވައްޒިފުންގެ ކުޑަ އުޖޫރަ ދޭނެ ތާރީޚެއްކަމަށް ކަނޑައަޅާފައިވަނީ ދެ އަހަރުގެ މުއްދަތެކެވެ.
ގުޅުންހުރި
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލަނީ

ބިދޭސީންނަށް މިނިމަމްވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކޮށްފި

ބިދޭސީންނަށް މިނިމަމްވޭޖް ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް
