-
މިނިމަމް ވޭޖްގެ އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލަން ސަރުކާރުން ނިންމައިފިއެވެ.

މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާ އިން މިއަދު ވިދާޅުވީ އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސއްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫޏުގެ 1-59 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް އެ ވުޒާރާ އިން ކުރަމުން އަންނަ ކަމަށެވެ.
އެ ބޯޑުގައި ބައިވެރިވާން އެދޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ.
މި ބޯޑުގައި ހިމެނޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން,
- ކޮންސްޓްރަކްޝަންގެ ސިނާއަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން
- އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން
- ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން
- ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްއިއްޔާތަކުގެ ފަރާތުން
އެ ދާއިރާތަކުގެ ފަރާތުން "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގައި އިންނެވުމަށް ޝައުގުވެރިވާ ފަރާތްތަކުން، 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފޯމު ފުރުއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ގުޅުންހުރި
މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އަލުން އެކުލަވާލަނީ

ބިދޭސީންނަށް މިނިމަމްވޭޖް ދިނުން މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖިލީހުން ފާސްކޮށްފި

ބިދޭސީންނަށް މިނިމަމްވޭޖް ލަސްކުރުމުން ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހަނިވާނެ - ސަނީފް
